الاثنين، 3 مايو 2010

ލަނޑުޖެހުމަކީ ކުޑަކާމިޔާބީއެއްނޫން

ލިޔުނީ : މިހާސް

އަތޮޅުގައި ފުޓްބޯޅައަށް އެންމެ ގަދަފަދަ ކަމަށްބެލެވޭ މިލަދޫކޮޅަށް 6 ލަނޑުޖަހާ މިލަޑޫ ލަދުގަންނުވާލުމާއި ހިސާބަށް ލަންދޫ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯލްޖެހުމުގެ މައްސަލައެވެ. ނުވަތަ މެޗުގައި ލަނޑުޖަހަން ލިބޭ ފުރުޞަތުތައް ނިންމާ ނުލެވުމުގެ މައްސަލައެވެ. މިހެންކަމުން ޕްރެކްޓިސް ކުރާއިރު މިކަމަށް ސަމާލްކަންދީ ނިންމާލުން ރަނގަޅު ކުރެވޭތޯ ބަލަން އެބަޖެހެއެވެ.
މިގޮތުން ޕްރެކްޓިސްގެ ގޮތުގައި ކުޅެމުންދާއިރު ނިންމުން އެންމެ ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދަނީ މިއަދުގެ ޕްރެކްޓިހުގައިވެސް އޭނާގެ ރަސްމީ ފައި ކަމުގައިވާ ވާތުފައިން 3 ގޯލް އަދި ނުރަސްމީ ފައިން 1 ގޯލާއި އެކު ޖުމުލަ 4 ގޯލްޖެހި ނ.ލަންދޫ ރިލެކްސް އަލްފާޟިލް ޢަބުދުﷲ ޝިޔާމް ( ސީޓޭ ) އެވެ. މިއީ މޭން އޮފްދަ މެޗުގެމަޤަމް ޖެހި ޖެހިގެން ސީޓޭ ހޯދާ 2 ވަނަ ފަހަރު ކަމުން މިބްލޮގުގެ ފަރާތުން ސީޓޭ އަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.
ސީޓޭ ފާހަގަ ކުރެވިފައިވަނީ ލަންދޫ ފުޓްބޯޅަ ޓީމްގެ ވާތު އަރިމަތި ކަމުގައެވެ. ވާތު އަރިމަތިން ބޯޅަ ހިފައިގެން ބާރަށްދުވެ ، ކުރިއަށްއަރާ ފޯވާޑުންނަށް ބޯޅަ ސަޕްލައިކޮށްދޭ ތަޖުރިބާ ކާރު ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
ލަންދޫ ދަނޑަށް މިހާރު ކުޅެންދާ ކުޅުންތެރިންގެ ތެރެއިން ބޯޅަ ގޯލަށް ޝޫޓްކުރުމަށް އެންމެ އިސްކަމެއްދީ މިކަން ޢަމަލީގޮތުން ކުރާ ހަމައެކަނި ކުޅުންތެރިއަކީ ހަމަ އެކަނި ޝީޓޭ އެވެ.
މިކަމާއި ހުރެ ދަނޑަށްދާ ބައެއް ކުޅުންތެރިންގެ ފަރާތުން ތަފާތު ފާޑުކިޔުންތައް އަމާޒްވެގެން ދިޔަނަމަވެސް އެންމެފަހުން ރަށުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ސީޓޭވަނީ ގޯލަށް ޝޫޓްކުރަނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ.
ދުވަހުގެ ތަރިއަކަށް ޖެހިޖެހިގެން ދެދުވަހު ސީޓޭ ހޮވުމާއި ގުޅިގެން އަދިވެސް އެއްފަހަރު ސީޓޭއަށް މި ބްލޮގުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާ މިކަންތައް ތަކުރާރު ކުރުމަށް ހިތްވަރު ދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް