الاثنين، 3 مايو 2010

ސީޓޭގެ ދުވަހެއް

ލިޔުނީ : މިހާސް


މިއަދުގެ ތަރިއެއްގެ ގޮތުގައި މިހޮވޭ ކުޅުންތެރިއާ އަކީ ދަނޑުމަތީގައި އަމިއްލަ ސިފަތަކެއް ގެންގުޅޭ ފުޓްބޯޅައިގެ މުޅި ކެރިއަރ އެކުޅޭ މަޤާމަށް ކުޅުމުގައި ހޭދަކޮށްލާ ގޯލަށް ޝޫޓް ކުރުމުގައި ދެވަނައެއް ނެތް ނ.ލަންދޫ ރިލެކްސް އަލްފާޟިލް ޢަބުދުﷲ ޝިޔާމް ( ސީޓޭ ) އެވެ.
ސީޓޭ ފާހަގަ ކުރެވިފައިވަނީ ލަންދޫ ފުޓްބޯޅަ ޓީމްގެ ވާތު އަރިމަތި ކަމުގައެވެ. ވާތު އަރިމަތިން ބޯޅަ ހިފައިގެން ބާރަށްދުވެ ، ކުރިއަށްއަރާ ފޯވާޑުންނަށް ބޯޅަ ސަޕްލައިކޮށްދޭ ތަޖުރިބާ ކާރު ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
ލަންދޫ ދަނޑަށް މިހާރު ކުޅެންދާ ކުޅުންތެރިންގެ ތެރެއިން ބޯޅަ ގޯލަށް ޝޫޓްކުރުމަށް އެންމެ އިސްކަމެއްދީ މިކަން ޢަމަލީގޮތުން ކުރާ ހަމައެކަނި ކުޅުންތެރިއަކީ ހަމަ އެކަނި ޝީޓޭ އެވެ.
މިކަމާއި ހުރެ ދަނޑަށްދާ ބައެއް ކުޅުންތެރިންގެ ފަރާތުން ތަފާތު ފާޑުކިޔުންތައް އަމާޒްވެގެން ދިޔަނަމަވެސް އެންމެފަހުން ރަށުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ސީޓޭވަނީ ގޯލަށް ޝޫޓްކުރަނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ.
އިއްޔެ މެޗުގެ ( 2 – 5 – 2010 ) މޮޅުކުޅުންތެރިއަކަށް ޝީޓޭ މިހޮވަނީ މިމެޗުގައި އަރިމަތިން ކުރިއަށް އަރާ ފަހަތައް ފައިބައިގެން ކުޅެފައިވާތީ އާއި އެހެން ދުވަސް ދުވަހާއި ޚިލާފަށް އެހެން ކުޅުންތެރިންނަށް ބޯޅަ ޕާސްދިނުމާއި، އަދި ވާހަކަ ދައްކައިގެން ބޯޅަ ހޯދައިގެން ކުޅުމަށް މަސައްކަތް ކޮށްފައިވާތީއެވެ. އަދި މީގެ އިތުރުން މި މެޗުގައި ޓީމަށް ގޯލްތަކެއް ޖަހައިދީފައިވާތީއެވެ.
ދުވަހުގެ ތަރިއަކަށް ސީޓޭ ހޮވުމާއި ގުޅިގެން މި ބްލޮގުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާ މިކަންތައް ތަކުރާރު ކުރުމަށް ހިތްވަރު ދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް