الجمعة، 14 مايو 2010

މާދަމާ މާފަރު ޓީމާއި ކުރިމަތި ލަނީ

ލިޔުނީ : މިހާސް

ލަންދޫގައި މިހާރު ފެށިގެން ކުރިއަށްދާ ސިލްސިލާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިއަދު ހަވީރު ވެލިދޫ ޓީމާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ކެންސަލް ވުމާއި ގުޅިގެން މި މެޗުގެ ބަދަލްގައި މާދަމާ މާފަރު ޓީމާއި ބައްދަލް ކުރާގޮތައް ހަމަ ޖެހިއްޖެއެވެ.
މިވަގުތު ލަންދޫ ޓީމްގެ ކެޕްޓަން ކަމާއި ހަވާލްވެ ލައްވައިގެން ހުންނެވި ކާމިޔާބު ކެޕްޓަން ހަސަން މާހިރު ، ޝިނާން ޢަބުދުލް ޤަނީ ( ޝިންނޭ ) އާއި ހަވާލާ ދެއްވާ ހާމަކުރެއްވި ގޮތުގައި މާދަމާ މާފަރުގެ ފުޓްބޯޅަ ޓީމް މިކޮޅަށް ލަންދޫ ޓީމާއިއެކު ފުޓްބޯޅަ ކުޅުމަށް އަންނާނެއެވެ.
ލަންދޫ ޓީމް މިއަހަރު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ 6 ވަނަ މެޗު ގައި މާދަމާ މާފަރު ޓީމާއި ކުރިމަތިލާއިރު ހަނދާން ކޮށްލަންޖެހޭ ތަންކޮޅަކީ މިފަހަކަށް އައިސް ލަންދޫ ޓީމް އެންމެ ތަފާތު ބޮޑުނަތީޖާއަކުން ބަލިވެފައިވަނީ މާފަރު ޓީމް އަތުން ކަމެވެ.
ސުނާމީގެ ހަނދާނުގައި ކުޅެވުނު މެޗުން ލަންދޫ ޓީމް 7 ލަނޑު 0 ލަނޑުން މާފަރުގައި ބަލިވި ނަމަވެސް މާދަމާ އެހެންވާނެ ކަމަށް ކުޑަކޮންވެސް ޤަބޫލެއް ނުކުރެވެއެވެ.
މިއަދު ލަންދޫ ޓީމްއޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އަދި ހަމަ އެހެންމެ ލަންދޫ ޓީމްގެ ކުޅުންތެރިންތިބީ މާފަރުޓީމާއި ބައްދަލްކޮށްލުމަށް އެދި އެދިއެވެ. މިހެން ކަމުން މާދަމާގެ މެޗުވެގެންދާނީ ވަރަށް ފޯރިގަދަ ބަލާހިތްވާފަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް