މިއަދުގެ މެޗު ކެންސަލް
ލިޔުނީ : މިހާސް
ލަންދޫގައި މިހާރު ފެށިގެން ކުރިއަށްދާ ސިލްސިލާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިއަދު ހަވީރު ވެލިދޫ ޓީމާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ކެންސަލް ވެއްޖެއެވެ.
ލަންދޫ ޓީމް މިއަހަރު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ 6 ވަނަ މެޗު ކެންސަލްވީ ނަމަވެސް މިމެޗު މާދަމާ ނުވަތަ އަންނަ ހަފްތާގެ ތެރޭގައި ނަމަވެސް ކުޅެވޭނެއެވެ.
ލަންދޫ ޓީމުން މިހާތަނަށް 5 މެޗު ކުޅެފައިވާއިރު މީގެ ތެރެއިން 4 މެޗު ވަނީ ލަންދޫ ޓީމުން ކާމިޔާބު ކޮށްފައެވެ. މީގެ ތެރެއިން މިލަދޫ ޓީމްކޮޅަށް 6 ލަނޑު ޖަހައިގެން މޮޅުވި މެޗު ފަހަގަކޮށްލަން ޖެހެއެވެ.
ލަންދޫ ޓީމް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިކަމުގެ ސަބަބުން އަތޮޅުގެ ބައެއްޓީމް ތަކުން މިދުވަސްކޮޅު ލަންދޫޓީމާއި ދެކޮޅަށް ކުޅުމަށް ޖެހިލުންވާކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ