السبت، 15 مايو 2010

މިއަދުގެ މެޗުގައި މުޙިއްމު ކުޅުންތެރިންތަކެއް ނުފެންނާނެ

ލިޔުނީ : މިހާސް

މިއަދު ލަންދޫގެ ޓީމް ވާދަވެރި މާފަރުގެ ޓީމާއި ކުރިމަތި ލާއިރު ރަށުޓީމްގައި ހިމެނޭ މުޙިއްމު ކުޅުންތެރިން ތަކަކަށް ނިކުޅެވެއެވެ. ރަށުޓީމްގައި ހިމެނޭ މުޙިއްމު ކުޅުންތެރިން ކަމަށް ވާ ގޯލްކީޕަރ މުޙައްމަދު ޢަލީ ( ފޮޓޯ މޯޑް ) އާއި ހުސްނީ ޢުމަރު ( ހުއްތައްބެ ) އަށް މިއަދުގެ މެޗުގައި ނުކުޅެވޭނެއެވެ.
މިކުޅުންތެރިންނަށް ނުކުޅެވެނީ މިކުޅުންތެރިން މަސައްކަތް ކުރަމުން އަންނަ ދޯނި މިއަދުގެ ވަގުތެއްގައި މަނަފަރަށް ދާންޖެހުމާއި ގުޅިގެންނެވެ. މިހެންކަމައި އެކު މިއަދުގެ މެޗުގައި ރަށުގެ ގޯލްބަލަހައްޓަނީ ގޯލްކީޕަރުން ޢާއިލާގެ އެންމެ ހަނގު ކީޕަރ އަރަމުން އަންނަ ޒުވާން ގޯލްކީޕަރ އަޙްމަދު ޝަކީލް ( ޝައްކޭ ) އެވެ.
މިއަދުގެ މެޗުގައި ހުސްނީގެ ބަދަލްގައި މެދުތެރެއަށް ކުޅުވުމަށް ހަމަޖައްސާފައިވަނީ އިސްކޮޅުން ދިގު ހުނަރުވެރި ކުޅުންތެރިޔާ ޝަކީބް އިބުރާޙިމް ( ޒަކަރިއްޔާ މަންސޫރު ) އެވެ.
މިދެކުޅުންތެރިންނަކީ ވެސް ހުނަރުވެރި ރަނގަޅު ދެކުޅުންތެރިންނަށް ވުމުން މިއަދުގެ މެޗުގައި މާބޮޑު ތަފާތު ތަކެއް ނުފެނުނު ނަމަވެސް ޓީމް ގުޅިގެން ކުޅުމުގައި މައްސަލަތަކެއް ދިމަވުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދުގެ މެޗަށް މާފަރު ޓީމް ލަންދޫއަށް އައުމަށް ހަމަޖެހިފައިވަނީ މިއަދުގެ 3:00 ގައެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް