އެންމެބޮޑު އުއްމީދަކީ ޤައުމީ ފެންވަރުގެ މެޗެއްކުޅުން
ލިޔުނީ : މިހާސް
ލަންދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ ކުޅުންތެރިއަކީ ނ.ލަންދޫގެ މަޝްހޫރު ފުޓްބޯޅަ ޢާއިލާގެ އެންމެއިސް މެމްބަރ އަލްފާޟިލް ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ.
މިހެންކަމުން މިކުޅުންތެރިޔާ މީޑީއާއަކަށް ދިން ފުރަތަމަ އިންޓަވިއު މި ބްލޮގަށް ދެއްވީތީ ޝްކުރުވެރިވަމުން މި އިންޓަވިއުގެ އެއްވެސް ތަންކޮޅެއް އުނި އިތުރު ކުރުމެއް ނެތި ކިޔުންތެރިންނާއި ހިއްސާ ކުރަމުން ލަންދޫގެ ފުޓްބޯޅައިގެ ތާރީޙަށް ޓަކައި ރައްކާ ކުރަމެވެ.
ނަން: ޔޫސުފް ޢަބުދުއްރަޙީމް
ޢާއްމުކޮށް ކިޔާނަން : ޔޫއްޓޭ
އުފަންދުވަސް : 24 އޮކްޓޯބަރ ( ރޫނީގެ އުފަންދުވަސް
ފުޓްބޯޅަ ކުޅެންފެށީ : ހަނދާން ހުންނަށް ފެށިއިރުން ފެށިގެން
ފުރަތަމަ ލަންދޫގެ އެއްނަމްބަރ ޓީމަށް ކުޅުނީ : ހޮޅުދޫއާއި ދެކޮޅަށް 1999
މިވަގުތު ރަށުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ : ނަޢުޝާދު ޢަބުދުއްރަޙީމް ( ނާގޭ
ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ : ލިނިއޮލް މެސީ
އެންމެކުޅޭހިތްވާ މަޤާމް: ފޯރވާޑް
ރަށުން އެންމެ މަޤްބޫލް ކޯޗު: ޢަބުދުއްރަޙީމް މުޙައްމަދު ( ރެޓޭ
އެންމެ ދާހިތްވާރަށް : އައްޑޫ
އެންމެމީރު ކެއުން : ނޫޑްލިސް
އެންމެ މީރުބުއިން : ކުރުބާ
އެންމެދާހިތްވާ ޤައުމު : މެލޭޝިޔާ
ފުޓްބޯޅައިގެ ސަޙްސިއްޔަތު : ޑިއެގޯ މަރެޑޯނާ
މިހާތަނަށް ހަނދާނުން ފުހެލުމަށް އެންމެދަތިވި މެޗު: ކޭޑީއަށް އެންމެފަހުން ކުޅެވުނު މެޗު
އެންމެބޮޑު ކާމިޔާބީ: އޭދަފުށީގައި މިލަދޫ އާއި ދެކޮޅަށް ކުޅެ އެއްމެޗުން ދެތަށި ލިބުން
އެފް.ސީ .އޮކާޗީގެ މުސްތަޤްބަލާއި މެދު: އުއްމީދު ކުރަނީ ރަނގަޅުވާނެކަމަށް މިފަހަރުވެސް ހަމަ ތަށި
އިތުރު ކުޅުންތެރިން ހޯދުމަށް ވިސްނަންތަ : އާނ
ދެއަތްބަށް މީހަކާއި އިނުމާއިމެދު: ނީންނާނަށް
ފުޓްބޯޅައިން އެންމެ ދެކެން ބޭނުންވާދުވަސް: ޤައުމީ ފެންވަރުގެ މެޗެއް ކުޅުމުގެފުރުޞަތެއް ލިބުން
އެންމެ އުފާވިދުވަސް : ދާޢިމީ ވަޒީފާއެއް ލިބުނު ދުވަސް
އެންމެދެރަވި ދުވަސް : ސިއްރެއް
އެންމެ ލަދުގަތްދުވަސް :ނެތް
ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް : ވަރަށްމަޖާ ސީރިއަސް މީހެއް
އެންމެގާތް ރަޙްމަތްތެރިޔާ : އިބްރާޙިމް އަޙްމަދު ( ކޭޑީ އިއްބެ
ހަދިޔާއަކަށް އެންމެ ކަމުދަނީ : ރަނގަޅު ފިލްމެއް
އަންހެން ކުއްޖަކު އެންމެ ރީތިވަނީ: ހިކިކޮށް ދިގުކޮށް ކަޅުކޮށް ތިބޭ ކުދިން
އެންމެ ކައިވެނި ކުރަން ބޭނުންވި ކުއްޖާއާއިތަ ކާވެނި ކުރެވުނީ : އާނ
ރަށުގެ މަސްތަޤްބަލާމެދު ދެކެނީ : ރަނގަޅުވާނެކަމަށް
ފުޓްބޯޅަ ކުޅުން ހުއްޓާލަން ގަސްތުކުރަނީ : ނުކުޅެވެން ފެށުމުން
އެންމެ މީރުވަސްދުވާ ސެންޓް: ސްކާރޗާރ
ލަންދޫ އިންފޯ އެވޯޑްއާއި މެދު ދެކެނީ : ރަނގަޅުކަމެއްގެ ގޮތުގައި ( އެކަމަކު ނޮމިނޭޝަން އާއިމެދު އިތުބާރެއް ނެތް
ލަންދޫގައި ހުރި އެންމެމޮޅު ރެފްރީ : އަޙްމަދު މުޙައްމަދު ( ޕަޓޭ
ސިޔާސީ ދާއިރާއިން މުސްތަޤްބަލްގައި ފެނިދާނެތަ : ނުފެންނާނެ
އެންމެފަސޭހައިން ބުނެލެވޭނީ : ކީކޭ
ފުޓްބޯޅަ ކުޅެން އެންމެފަސޭހަ އީ ކާކާއި އެކު: އަޙްމަދު އިނާޒް ( އަޕީ )
ލަންދޫގެ ފުޓްބޯޅައަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ : ރަނގަޅު މިޑްފީލްޑަރުންނެތުން
މިފަހަރުގެ ހޮލިޑޭކަޕާއި މެދު ދެކެނީ : މިދިޔަ އަހރަށް ވުރެ މިއަހަރު މުބާރާތުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެ
އެންމެބީޓްކޮށްލަން އުދަގޫ ޑިފެންޑަރ : މުޙައްމަދު އަޙްމަދު ( މާމަ މޯޑް
ލަންދޫގައި ފުޓްބޯޅައިން އެންމެ ދެކެން ބޭނުންވާ ދުވަސް : ރަނގަޅުފެންވަރެއްގެ ދަނޑެއްގައި މިހާރުގެ ޒަމާނީ ފުޓްބޯޅަ ކުޅޭދުވަހެއް
ފަހުބަސް : މިފަދަ ބްލޮގްތަކުގެ ސަބަބުން ރަށުގެ ފުޓްބޯޅަ ތާރީޙަށްޓަކައި ރައްކާކޮށްދެއްވާތީވެ، މިކަންކޮށްދެއްވާ ފަރާތްތަކަށް ޝްކުރު ދަންނަވަން.އަދި އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވާނެކަމަށް އުއްމީދުކުރަން . ތާރީޙަށްޓަކައި ކުރެވޭ މި އަގުހުރި މަސައްކަތްތައް އަގުހުރި ގޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ގެންގޮސްދެއްވުމަށް ވަޞިއްޔަތްކުރަން . އައްސަލާމް ޢަލައިކުމް .




0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ