الخميس، 27 مايو 2010

ގިނަ ގޮންޖެހުންތަކަކަށްފަހު އެންމެފަހުން ހޮނިހިރުގައި މަނަދޫއަށް ދާގޮަތައް ހަމަ ޖެހިއްޖެ

ލިޔުނީ : މިހާސް











މިހާރު ރަށުގައި ކުރިއަށްދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗުކުޅުމަށްޓަކައި މިއަންނަ ހޮނިހިރު ދުވަހު މަނަދޫ އަށް ދާގޮތައް ހަމަ ޖެހިއްޖެއެވެ.
މީގެ ކުރިން ހެނބަދޫ ނުވަތަ ވެލިދޫ އާޢި ބައްދަލްކުރުމަށް ހަމަ ޖެހިފައިވީނަމަވެސް އެންމެފަހު ވަގުތު މިކަންތައް ކެންސަލް ވުމުން މިހަފްތާގައި ގެންނާނެ ޓީމެއް ހަމަ ޖެހިގެން މިދިޔައީ ދާދި ދެންމެއެވެ.
މިހަފްތާގެ މެޗަށް މަނަދޫ ޓީމާއި ބައްދަލް ކުރުމަށް ހަމަޖެހިގެން ދިޔައީ ހުކުރު ކަމުގައި ވިޔަސް އެންމެފަހު ވަގުތު ވަނީ ހުކުރު ދުވަސް ހޮނިހިރަށް ބަދަލް ވެފައެވެ. އަދި މަނަދޫގެ ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ފަރާތްތަކުން ހޮނިހިރު ދުވަހު މިމެޗު މަނަދޫގައި ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރު ވަނީ އަޅުގަނޑުމެނަށް ދެއްވާފައެވެ.
މި ސިލްސިލާގައި މިއީ ރަށުން ބޭރަށް ދާންޖެހުނު ފުރަތަމަ މެޗެވެ. އިރާދަ ކުރެއްވިއްޔާ މިއަންނަ ހަފްތާގައި ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން މެޗުކުޅެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް