الأربعاء، 26 مايو 2010

ހުކުރުގައި ވެލިދޫ - ނޫނީ ހޮނިހިރުގައި ހެނބަދޫ އަށް ދާނެ

ލިޔުނީ : މިހާސް


މިހާރު ރަށުގައި ކުރިއަށްމިދާ އެކުވެރި ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗު މޫސުން ތަންދޭނަމަ ހުކުރުގައި ވެލިދޫ އާއި ބައްދަލްކުރާނެ ކަމުގައި ފުޓްބޯޅައިގެ މަޝްހޫރުކުޅުންތެރިޔާ އަދި މި މެޗުތައް ރޭވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ލައްވާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) ހާމަ ކުރައްވާފިއެވެ.
ޔޫއްޓޭ އިތުރަށް ހާމަ ކުރެއްވި ގޮތުގައި ހުކުރުގައި މިމެޗު ކުޅެވޭގޮތް ނުވެއްޖެނަމަ ހޮނިހިރުގައި ހެނބަދޫ އާއި ކުޅުމަށްޓަކައި ހެނބަދޫއަށް ދާނެއެވެ.
ލަންދޫ ޓިީމް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓީމްގެ ކެޕްޓަން ހަސަން މާހިރު މިވަގުތު ރަށުގައި ނެތްނަމަވެސް އަލަށް ބައެއް ކުޅުންތެރިން ވަނީ ޓީމާއި ގުޅިފައެވެ. މީގެ ތެރޭގައި ވޭތުވެދިޔަ އަހަރު މާޅެންދޫގައި ބޭއްވުނު ތާރީޙީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެސް.އެސް.ޖީ ކަޕް ފުޓްބޯޅަ މުބރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި އިތުބާރު ޒުވާން ހުނަރުވެރި ފޯވާޑް މުޙައްމަދު ސަމާޙް ( ސަމައްޓޭ ) ފާހަގަ ކޮށްލެވެއެވެ.
ސަމައްޓޭ މިހާރު ހުރި ފޯމުން ސަމައްޓޭއަށް ފުރަތަމަ އެގާރައިން ފުރުޞަތު ނުލިބުނު ނަމަވެސް ޓީމުގެ ބެންޗުން ޖާގައެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މިހަފްތާގެ މެޗާއި ރަށުޓީމް ކުރިމަތިލާއިރު ރަށުޓީމަށް ލިބޭ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ރަށުގެ އެއްނަމްބަރ ޓީމުގެ އެއްނަމްބަރ ކޯޗާއި އެސިސްޓެންޓް ކޯޗު މިވަގުތު ރަށުގައި ތިބުމެވެ. މިހެންކަމުން މިހަފަތާގެ މެޗު ތަފާތު މެޗެއްގެ ގޮތުގައި ފެނިގެން ދާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވެއެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް