السبت، 29 مايو 2010

މޫސުން ތަންނުދިނުމުގެ ސަބަބުން މިހަފްތާގެ މެޗްކެންސަލް

ލިޔުނީ : މިހާސް










 
މިހާރު ރަށުގައި ކުރިއަށްދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗުގެ ގޮތުގައި މިއަދު މަނަދޫ އާއި އެކު މަނަދޫގައި ކުޅުމަށް ހަމަޖެހިފައިވާ އެކްވެރި ކަމުގެ ފުޓްބޯޅަ މެޗު ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ވެއްޖެއެވެ.
މި މެޗު ކެންސަލްވި އިރު މި މެޗަށްޓަކައި ލަންދޫ ޓީމުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީ ތަކާއި ލަންދޫއިން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވަނީ ވެފައެވެ. މިގޮތުން ލަންދޫ ޓީމް ދިއުމަށްޓަކައި ދޯނި ހަމަ ޖެއްސުމުގެ އިތުރަށް ޓީމްގެ އެންމެފަހުގެ ބައްދަލްވުވުންވެސް ވަނީ ބޭއްވިފައެވެ.
މަނަދޫ ޓީމުން ވަނީ މަނަދޫ ދަނޑު ފަވާ ޓީމަށް މަރުޙަބާ ކިޔުމަށްޓަކައި ވާންޖެޭ ހުރިހާ ތައްޔާރީއެއް ވެ ނިންމާފައެވެ.
ލަންދޫގެ ފުޓްބޯޅަކުޅުންތެރިން މިހާރު ފަށާފައިވާ ސިލްސިލް ފުޓްބޯޅަ މެޗުތަކަށް ވިއްސާރަވެ ، މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ހުއްޓުމެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

1 ޚިޔާލު:

غير معرف يقول...

hay ! kobaa ! ihah dhen matchthah madu jassaala bala dho !

29 مايو 2010 في 11:58 ص

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް