މާޓިންގެ ބަދަލްގައި ކެޕްޓަނަކަށް އެންމެ ރަނގަޅީ ނާއްޕެ
ލިޔުނީ : މިހާސް
ލަންދޫ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ހަސަން މާހިރު ( މާޓިން ) މިވަގުތު ރަށުގައި ނެތުމާއި ގުޅިގެން ރަށުޓީމްގެ ކެޕްޓަނެއްގެ ޒިންމާއުފުލުން އެންމެ ރަނގަޅު ކުޅުންތެރިއަކީ މިހާރު ކުޅެވެމުން މިދާ ސިލްސިލާ މެޗުތަކުގެ ހުރިހައި މެޗެއްގައި އެއްވަރެއްގެ މޮޅުކުޅުމެއް ދައްކަމުން ގެންދާ ނ.ލަންދޫ ވިނަރެސް އަލްފާޟިލް ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
އެންމެ ފަހުން މާޅެންދޫ އާއި ދެކޮޅަށް ކުޅެވުނު މެޗުގެ ފަހު ހާފުގައި މާޓިން ބަދަލް ކުރުމުން ކެޕްޓަން ބޭންޑް އަޅައިގެން ދަނޑު މަތީގައި ކެޕްޓަނެއްގެ ޒިންމާ އަދާކޮށްފައިވަނީ ނާއްޕެއެވެ.
ޙަޤީގަތުގައި ޓީމްގެ ކެޕްޓަންކަން ކުރުމަކީ އެކުޅުންތެރިއަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަޙްރަކާއި ޝަރަފެކެވެ. ވީއިރު ނާއްޕެ މިކަން ބަލައިގަނެ ޓީމްގެ ކެޕްޓަނަކަށް ވުމަކީ ނާއްޕެއަށް ލިބިގެން ދާނެ ފަޙްރަކާއި ޝަރަފެއްގެ އިތުރުން އޭނާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރި އެރުމަކާއި ކާމިޔާބެއްވެސް މެއެވެ.
ޙަޤީގަތުގައި ކުޅުންތެރިން ކިޔާ އެއްޗިއްސަކީ ޖެއްސުމަށް ކިޔާއެއްޗެއް ކަމަށް ނުދެކި ޓީމުގެ ކެޕްޓަން ކަމާއި ހަވާލްވުމަށް ނާއްޕެއަށް އަޅުގަނޑު ގޮވާލަމެވެ.
މިވަގުތު ނާއްޕެހުރި ފޯމަށް ބަލާއިރު ޓީމްގެ ކެޕްޓަން ކަމާއި ހަވާލްވުން އެންމެ ރަނގަޅު ކުޅުންތެރިއަކީ ނާއްޕެ ކަމުގައި އަޅުގަނޑު ދެކެމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ