الأربعاء، 12 مايو 2010

ދަނގަޑޭ މިފަހަރުގެ ފުރުޞަތައް ކިހިނެއް ހަނދާނެބާ !!!؟

ލިޔުނީ: މިހާސް

ދިވެހިންގެ ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވީ.ބީ ގެ ކެޕްޓަން އަދި ދިވެހި ޤައުމީ ޓީމްގެވެސް ކެޕްޓަން ޢަލީ އަޝްފާޤް ( ދަނގަޑޭ ) އަށް ހޮންކޮންގުގެ އެންމެ މަޝްޙޫރު އަދި އެންމެ މުއްސަދި ކުލަބުން ލިބިފައިވާ ފުރުސަތައް މިފަހަރު ކިހިނެތް ހަނދާނެ ބާވައެވެ.
ރާއްޖޭގެ އިތުރުން މުޅި އޭޝިޔާއަށް މަޝްހޫރު މިކުޅުންތެރިޔާއަށް މީގެ ކުރިންވެސް މީގެ އެތައް ފުރުޞަތުތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ ތެރެއިންވެސް ޕޯޗުގަލްގެ ބެންފީކާއަށް ދިޔުމަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލަން ޖެހެއެވެ.
މީޑިއާތަކުގައި ވާހަކަތައް ހުރިގޮތުން ހޮންކޮންގުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ސައުތު ޗައިނާއިން މިފަހަރު ދަނގަޑޭއަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން އޭނާ ހިފާނެއެވެ. އަދި މިފަހަރުގެ ފުރުޞަތު ހޯދައި ދިނުމުގައި އޭނަގެ ކުލަބު ވީ.ބީ އިން މަސައްކަތް ކޮށްދޭނެއެވެ.
ސައުތު ޗައިނާއަށް ދަނގަޑޭ ގޮސްފިކަމަށް ވާނަމަ ދަނގަޑޭވެގެން ދާނީ ދިވެހި ފުޓްބޯޅައިގައި މީން ދުވަހަކު ދެކެފައި ނުވާފަދަ ކާމިޔާބީތަކެއް ހާސިލްކުރަމުން އަންނަ ހުނަރުވެރި ތާރީޙީ ކުޅުންތެރިޔަކަށެވެ.
އަޅުގަނޑުގެ އެދުމަކީވެސް ދަނގަޑޭއަކީ ރާއްޖެ ފަޙްރުވެރިވާފަދަ ކުޅުންތެރިއަކަށް ވެގެން ދިއުމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް