الثلاثاء، 11 مايو 2010

މިހަފްތާވެސް ހަމަރަށުގައި ވެލިދޫ އާއި އެކު

ލިޔުނީ : މިހާސް

މިހާރު ރަށުގައި ފެށިގެން ކުރިއަށްދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތައް ކުޅުމުގެ ތެރެއިން މިހަފްތާގައި ނ.އަތޮޅުގެ ކުރީގެ ފުޓްބޯޅައިގެ ބޮޑުބާރެއް ކަމުގައިވާ ވެލިދޫ އާއި ދެކޮޅަށް މިއަންނަ ހޮނިހިރުގައި ލަންދޫގައި ކުޅޭގޮތައް ހަމަ ޖެހިއްޖެއެވެ.
މިބްލޮގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މެޗު ހަމަޖެއްސެވުމުގައި އިސްކޮން ޙަރަކާތްތެރި ވެލައްވާފައިވަނީ ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމްޢިއްޔާގެ މި ދަޢުރުގެ އެއް ނައިބު ރައީސްކަމުގައިވާ ސަލީމް ޙުސެއިން ( މެއްޑޯ ) އެވެ.
މިއަހަރު މިހާތަނަށް ލަންދޫ ފުޓްބޯޅަ ޓީމުން 5 މެޗުކުޅެފައިވާ އިރު 1 މެޗު ( ފުރަތަމަ މެޗު / ހެނބަދޫ މެޗު ) ފިޔަވާ ކުޅުނު ހުރިހާ މެޗަކުން ލަންދޫ ޓިމްވަނީ މޮޅުވެފައެވެ.
ލަންދޫގައި މިހާރު ކުރިއަށް މިދާ ސިލްސިލާ މެޗުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް ދެއްވުމަށް މަސައްކަތް ކޮށްދެއްވާ ހުރިހާ ފަރާތްތަކަކަށް " ލަންދޫ ސޮކަރ. ޓީކޭ " ގެ ފަރާތުން ނިހާޔަތައް ޝުކުރުވެރި ވަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް