الأربعاء، 12 مايو 2010

މިހަފްތާގެ މެޗުން ފެށިގެން ރަސްމީކޮށް ފެށޭނެ

ލިޔުނީ : މިހާސް

މިހާރު ރަށުގައި ފެށިގެން ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަމެޗު ތަކުގެ ތެރެއިން މިހަފްތާގައި ކުޅެވޭ މެޗުން ފެށިގެން މި ބްލޮގުގެ ފަރާތުން ރަސްމީކޮށް އެކުވެރިކަމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗުތަކުގެ މޭން އޮފްދަ މެޗު ހޮވަން ފަށާނަމެވެ.
އަޅުގަނޑު މޭން އޮފްދަމެޗު ހޮވުމަށް ޤަސްދުކުރަނީ މެޗުބަލަންދާ ފުޓްބޯޅައަށް ލޯބިކުރާ ، ފުޓްބޯޅައަކީ ކޯންޗެއްކަން ދަންނަ ފަރާތްތަކާއި މަޝްވަރާކޮށް އެފަދަ ފަރާތްތަކުގެ ވޯޓަކުންނެވެ.
މިގޮތައް މޭން އޮފްދަ މެޗުހޮވުމުގެ އެންމެބޮޑު ބޭނުމަކީ އަދި މަޤްޞަދަކީ ރަށުގައި މިހާރު ކުޅެމުންދާ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ކުޅުމުގެ ހުނަރު ކުރިއަރުވާ އިތުރު ކުރުމަށް ހިތްވަރު ދިނުމެވެ. އަދި ކުޅުންތެރިން ރަށުގެ ފުޓްބޯޅައަށް ކުރާމަސައްކަތުގެ އަގުވަޒަންކުރުމެވެ.
މިގޮތައް މޭންއޮފަދަ މެޗަށް ހޮވޭ ކުޅުންތެރިއަކަށް " ލަންދޫ ސޮކަރ .ޓީކޭ " ގެ ފަރާތުން ހަނދާނީ ލިޔުމަކާއި ފައިސާގެ ޢިނާމެއް އެރުވޭނެއެވެ. އަދި ހަމަ އެހެންމެ މޭންއޮފްދަ މެޗަށް ހޮވޭ ކުޅުންތެރިއަކާއި ބެހޭ ޙުލާާސާ ޕްރޮފައިލް އެއް މި ބްލޮގް މެދުވެރިކޮށް ގެނެސް ދެވޭނެއެވެ.
މިހެންކަމުން މި އަންނަ ހުކުރު ދުވަހު ލަންދޫ ދަނޑުގައި ލަންދޫ ފުޓްބޯޅަ ޓީމާއި ވެލިދޫޓީމް ބައްދަލްކުރާމެޗަކީ ފޯރިގަދަ ބަލާހިތްވާ ފަަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ.
މިބްލޮގުން މިފަށާ މަސައްކަތުގައިވެސް އެންމެހައި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް