الثلاثاء، 18 مايو 2010

ޝަކީލްގެ ޢާދަޔާ ޚިލާފް ހުނަރު

ލިޔުނީ: މިހާސް














ރަށުގެ ކީޕަރުންގެ ޢާއިލާގެ އެންމެ ހަގު ކީޕަރ އަހްމަދު ޝަކީލް ( ސައްކޭ ) ފާހަގަ މިކުރެވެނީ މިއާއިލާގެ ކީޕަރުންގެ ތެރެއިން އެންމެ ޅަ ޢުމުރުގައި އެންމެ މަތީހަރުފަތާއި ހިސާބަށް ވަސިލްވި ކީޕަރު ކަމުގައެވެ.
މިދިޔަ އަހަރުގެ " ހޮލިޑޭ ކަޕް " ގެ އެންމެ މޮޅު ގޯލްކީޕަރކަން ހޯދާފައިވާ ސައްކޭ ފާހަގަ ކުރެވިފައިވަނީ ޤަވާޢިދުން ކޮންމެ ދުވަހަކުވެސް ކުޅެންދާ ، އަމިއްލަ ކުރި އެރުމަށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ސްކޫލް ލައިފް ނިންމާލުމަށްފަހު ޒުވާނުންގެ ތެރެއަށް ނިކުމެ ގޯލަށް ކުޅެން ފެށި ދުވަސްކޮޅު ބިރުގަންނަ ޖެހިލުންވާ ކަންތައްތަކެއް ފާހަގަ ކުރެވުނު ނަމަވެސް މިއަދު ސަކީލްއަކީ ޖެހިލުން ކުޑަ ހުޝިޔާރު ހުނަރުވެރި މޮޅު ކީޕަރެކެވެ.
މިހާރު ރަށުގައި ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން އެންމެފަހުން މާފަރު ޓީމާއި އެކު ކުޅެވުނު މެޗުގެ މޭން އޮފްދަ މެޗުގެ މަޤާމަށް ކުޅިބަލަށް ދިޔަ އެތައް ބައެއްގެ ވޯޓުން ސަކީލް ހޮވިގެން ދިޔައީ އެ މެޗުގައި ޝަކީލްގެ ފަރާތުން ފެނިގެން ދިޔަ މޮޅު ކުޅުމުގެ ސަބަބުންކަން ޔަޤީނެވެ.
އަޅުގަނޑަށް ޤަބޫލް ކުރެވޭ ގޮތުގައި ޝަކީލްއަކީ ފުޓްބޯޅައިގެ މުސްތަޤްބަލް އޮތް ކުޅުންތެރިއެކެވެ. ބޭނުންވަނީ ރަނގަޅު ޑިސިޕްލިން އަކާއި އެކު ފުޓްބޯޅައިން ކުރިއަށް ދިއުމަށް ހިތްވަރާއި އެކު މަސައްކަތް ކުރުމެވެ.
" ލަންދޫ ސޮކަރ.ޓީކޭ " އިން ހޮވާ މޭން އޮފް ދަ މެޗުގެ ސެޓްފިކެޓާއި ފައިސާގެ އިނާމް ހޯދި އެންމެ ފުރަތަމަ ކުޅުންތެރިއަކަށް ޝަކީލް ވުމާއި ގުޅިގެން ޝަކީލް އަށް މަރުޙަބާއާއި މުބާރިކް ބާދީ ރައްދު ކުރަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް