الاثنين، 17 مايو 2010

އަދިވެސް ހަމަ އަޕީ ވަރެއްނެތް

ލިޔުނީ: މިހާސް

ދުވަސް ގަޑަކަށްފަހު މިއަދަކީ އަޙްމަދު އިނާޒް ( އަޕީ ) ގެ ކުޅުން ލަންދޫގެ ދަނޑުން ފެނިގެން ދިޔަ ދުވަހެކެވެ.
ދިރިއުޅުމަށް މިވަގުތު ކުރާ މަސައްކަތެއްގެ ގޮތުގައި ކަންނެލީގެ މަސްވެރިކަން ކުރަމުން ގެންދާ އަޕީ ފާހަގަ ކުރެވިފައިވަނީ ލަންދޫގައި އުފެދުނު މަޝްޙޫރު ފޯވާޑުންގެ ތެރެއިން ފޯވާޑެއްގެ ގޮތުގައެވެ. ޢާއްމުކޮށް ކޮންމެދުވަހަކު ކުޅެންދާ ކުޅުންތެރިންނާއިއެކު މިއަދު ކުޅެން ނިކުމެ އަޕީ ވަނީ ޒުވާން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ނަމޫނާއެއް ދައްކައިދީފައެވެ.
ހާއްޞަކޮށް ބޯޅައަށް ހުސްވުމާއި ، ވާހަކަ ދައްކައިގެން ، ގޮވާ ހޯދައިގެން ބޯޅަ ހޯދުމާއި ، ހިންގައިމު ގޮތްގޮތައް ކުޅުންތެރިންނަށް ޕާސް ދިނުމާއި އަދި ބާރުގަދަ ސޮޓްތަކެއް ގޯލަށް ފޮނުވާލުމަކީ މިއަދުވެސް އަޕީގެ ފަރާތުން ފެނިގެން ގޮސްފައިވާ ޢާދަޔާ ޚިލާފް ހުނަރު ތަކެކެވެ. މިއަދުގެ އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އަޕީ ހޮވާ މައިގަޑު ސަބަބަކީވެސް މިއެވެ.
މިއަދު ލަންދޫގައި އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ ރަނގަޅު ވަގުތުގައި ، ރަނގަޅުތަނަށް ބޯޅައަށް ހުސްވާނެ ގޮތް ދަނެގަނެ ދަސްކުރުމެވެ. މިއީއަޕީގެ ފަރާތުން ވަރަށް މޮޅަށް ވަރަށް ރަނގަޅަށް ފެނިގެންދާ ސިފައެކެވެ.
މިއަދުގެ ކުޅުމުންވެސް ފުޓްބޯޅަ ދަނޑުގައި ޔޫއްޓޭ އާއި އަޕީ ގުޅޭ މިންވަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. މިއީ މިއަދު އަރަމުން އަންނަ ޒުވާންކުޅުންތެރިން ރަނގަޅަށް ބަލައިގަންނަންވީ ކަމެއްކަމުގައި އަޅުގަނޑު ޤަބޫލް ކުރަމެވެ.
ފުޓްބޯޅަ ކުޅުމުގައި މިއަދުވެސް އަޕީގެ ފަރާތުން ފެނިގެންދާ ހުނަރުވެރި ކުޅުން ފާހަގަކޮށް މިއަދުގެ މޮޅު ކުޅުންތެރިއަކަށް އަޕީ ހޮވާ އަޕީއަށް މަރުޙަބާ ކިޔަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް