الأحد، 16 مايو 2010

ތާރީޙަށް ޓަކައި މާފަރު މެޗު

ލިޔުނީ : މިހާސް











މިއަހަރުގެ ތެރޭގައި ލަންދޫ ފުޓްބޯޅަ ޓީމުން އެޓީމް ކުޅުނު އެކުވެރި ކަމުގެ ހަވަނަ މެޗު ގައި 15 މެއި 2010 ވީ ހޮނިހިރު ދުވަހުގެ ހަވީރު މާފަރު ޓީމާއި ބައްދަލްކޮށް 3 ލަނޑު 2 ލަނޑުން ބަލިވެއްޖެއެވެ.
މިމެޗުގައި ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ ސޯސަންގޭ މޫސާ ޙުސެއިން ( މިހާސް ) އެވެ. އެއްފަރާތުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ އޯކިޑްމާގޭ އަލްފާޟިލް ޝަހީމް އިބްރާޙިމް ( ބެއްރި ) އެވެ. އަނެއް ފަރާތުގެ ލައިސްމަންކަން ކޮށްދީފައިވަނީ އަހްމަދު ސައްމޫން އެވެ.
މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މެޗުގެ 4 ވަނަ މިނިޓްގައި މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) 1 ގޯލް އަދި މެޗުގެ ފަހު ހާފްގެ 20 ވަނަ މިނިޓްގައި ހުސެއިން ޖަވާދު (ޖަވާ ) 1 ގޯލެވެ











މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކެޕްޓަންކަން ކޮށްފައިވަނީ ނ.ލަންދޫ ފިނޮޅު އަލްފާޟިލް ހަސަން މާހިރު ( މާޓިންގ ) އެވެ.
މިމެޗުގައި ކުޅިވަރުގެ ރޫހާ ޚިލާފް ކުޅުމެއް ކުޅުމުގެ ސަބަބުން ލަންދޫ ޓީމް ގެ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އަށް ރީދޫ ކާޑެއް ދެއްކިފައި ވެއެވެ.
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޢުމުރުން 35 ގައި މި މެޗުގެ ފުރަތަމަ 11 ގައި ކުޅެންނިކުތް ނ. ލަންދޫ ރަސްފަރު މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އެވެ. އެންމެ ހަނގު ކުޅުންތެރިޔަކީ 18 އަހަރު ފުރުމުގައި އުޅޭ މިމެޗުގެ ފުރަތަމަ 11 ގައި ކުޅެން ނިކުތް ނ.ލަންދޫ ކާމިނީ ވިލާ އަޙްމަދު ޝަކީލް ( ސައްކޭ ) އެވެ

 












މި މެޗުގައި ލަންދޫ ޓީމުން އެންމެ ރަނގަޅަ ކުޅެފައިވަނީ މި ބްލޮގުން ހޮވި މި މެޗުގެ މޭން އޮފްދަމެޗަކަށް ހޮވުނު ޒުވާން ހުނަރުވެރި ގޯލްކީޕަރ އަޙްމަދު ޝަކީލް ( ޝައްކޭ ) އާއި މެޗުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި މެޗުގައި ލަންދޫ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިން މަޖޫ އާއި އަދި މެދުތެރެއިން ވަރުގަދަ ކުޅުމެއް ދެއްކި ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
މިމެޗުގައި ލަންދޫ ޓީމުން ފުރަތަމަ 11 ގައި ކުޅެން ނިކުތް ކުޅުންތެރިންނާއި އަދި މި މެޗާއި ގުޅޭ ބައެއް ފޮޓޯތައް މި ލިޔުމާއި އެކު ހުށައަޅާލަމެވެ


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް