السبت، 8 مايو 2010

ތާރީޙައްޓަކައި ކެނދިކޮޅު މެޗު

ލިޔުނީ : މިހާސް



މިއަހަރުގެ ތެރޭގައި ލަންދޫ ފުޓްބޯޅަ ޓީމުން އެޓީމް ކުޅުނު އެކުވެރި ކަމުގެ ފަސްވަނަ މެޗު 7 މެއި 2010 ވީ ހުކުރު ދުވަހުގެ ހަވީރު ކެނދިކޮޅު ޓީމާއި ބައްދަލްކޮށް 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވެއެވެ.
މިމެޗުގައި ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދު ( ޕަޓޭ ) އެވެ. އެއްފަރާތުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ކެރެޓް އަލްފާޟިލް ހަސަން ނިޝާން ( ދަޅު ) އެވެ. އަނެއް ފަރާތުގެ ލައިސްމަންކަން ކޮށްދީފައިވަނީ ކެނދިކޮޅު ޓީމްގެ ކުޅުންތެރިއެކެވެ.
މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މެޗުގެ 24 ވަނަ މިނިޓްގައި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) 1 ގޯލް ، މެޗުގެ 40 ވަނަ މިނިޓްގައި އަޙްމަދު ރަޝީދު ( ލައިބް ) 1 ގޯލް އަދި މެޗުގެ ފަހު ހާފްގެ 38 ވަނަ މިނިޓްގައި ހުސެއިން ޖަވާދު ( ޖަވާ ) 1 ގޯލެވެ.
މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ވަރަށް ފުރިހަމަ ގޮތެއްގައި ކެޕްޓަނެއްގެ ޒިންމާ އުފުލާފައިވަނީ ނ.ލަންދޫ ފިނޮޅު އަލްފާޟިލް ހަސަން މާހިރު ( މާޓިންގ ) އެވެ.
މިމެޗުގައި ރެފްރީ ނާންގަނިސް ލަންދޫ ޓީމުން ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ފަހުހާފްގައި ކުޅެން ނެރުނު ނ.ލަންދޫ މޫރިތި އަލްފާޟިލް މުޙައްމަދު ނަސީމް ( ޓިންޓޮން ) ދަނޑަށް އެރުމުން މެޗުގެ ރެފްރީ ޕަޓޭ ވަނީ ޓިން އަށް ރީދޫ ކާޑެއް ދައްކާފައެވެ.
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޢުމުރުން 35 ގައި މި މެޗުގެ ފުރަތަމަ 11 ގައި ކުޅެންނިކުތް ނ. ލަންދޫ ރަސްފަރު މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އެވެ. އެންމެ ހަނގު ކުޅުންތެރިޔަކީ 18 އަހަރު ފުރުމުގައި އުޅޭ މިމެޗުގެ ފުރަތަމަ 11 ގައި ކުޅެން ނިކުތް ނ.ލަންދޫ ސާޙް އިބްރާޙިމް ސައުދު ( ސައުދުﷲ ) އެވެ.
މި މެޗުގައި ލަންދޫ ޓީމްގައިހިމެނޭ ހުރިހާ ކުޅުންތެރިންވެސް ވަނީ ވަރަށް މޮޅުކުޅުމެއް ދައްކާފައެވެ.
މިމެޗުގައި ލަންދޫ ޓީމުން ފުރަތަމަ 11 ގައި ކުޅެން ނިކުތް ކުޅުންތެރިންނާއި އަދި މި މެޗާއި ގުޅޭ ބައެއް ފޮޓޯތައް މި ލިޔުމާއި އެކު ހުށައަޅާލަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް