ލަންދޫގެ ޓީމެއް މިލަދޫގެ މައްޗަށް ހޯދި އެންމެބޮޑު ކާމިޔާބު
ލިޔުނީ : މިހާސް
ލަންދޫގެ ފުޓްބޯޅައިގެ ތަރީޙްގައި 1 މެއި 2010 ވީ ހޮނިހިރު ދުވަހަކީ ލަންދޫ ދަނޑުގައި މިލަދޫ ޓީމަކާއި އެކު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅެވި މި މެޗު 6 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުން ލަންދޫގެ ފުޓްބޯޅަ ޓީމް މޮޅުވި ދުވަހެވެ. މި މެޗުގައި ލަންދޫއިން ނެރެފައިވާ ޓީމްގެ ފޮޓޯ މި ލިއުމާއި އެކު މިވަނީއެވެ.
މިމެޗުގައި ރެފްރީކަން ކޮށްފައިވަނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދު ( ޕަޓޭ ) އެވެ. އެއްފަޅިން ލައިސްމަންކަން ކޮށްދީފައިވަނީ ޝަހީމް އިބްރާޙިމް ( ސަހިއްޓޭ ) އެވެ. އަނެއް ފަޅިން ލައިން ބަލަހައްޓައިދީފައިވަނީ މިލަދޫ ޓީމްގެ ފަރާތުންނެވެ.
މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މި މެޗުގައި ފުލްކޮށް ކުޅުނު އެއްކުޅުންތެރިއެއްކަމަށްވާ ނ،ލަންދޫ ވިނަރެސް އަލްފާޟިލް އަޙްމަދު ރަޝީދު ( ލައިބު ) 1 ލަނޑު ، ފަހުހާފުގެ ވަކި ހިސާބަކުން ބަދަލްކުރެވުނު ނ.ލަންދޫ ވިނަރެސް އަލްފާޟިލް ޢަބުދުﷲ ނާޝިދު ( ނާއްޕެ ) 2 ލަނޑު ، މެޗުގެ ފަހު ހާފުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނ.ލަންދޫ ރިލެކްސް އަލްފާޟިލް ޢަބުދުﷲ ޝިޔާމް ( ސީޓޭ ) 1 ލަނޑު ، މެޗުގެ ފަހު ހާފުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނ.ލަންދޫ މޫރިތި އަލްފާޟިލް މުޙައްމަދު ނަސީމް ( ޓިންޓޮން ) 1 ލަނޑު އަދި މެޗުގެ ފަހު ހާފުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގޯލްކީޕަރ ނ.ލަންދޫ ކާމިނީ ވިލާ އަޙްމަދު ޝަކީލް 1 ލަނޑެވެ. ( ޝަކީލް މިގޯލް ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. )
މި މެޗުގައި ލަންދޫ ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ވަރަށްމޮޅު އަދި ހުނަރުވެރި ކުޅުމެއްދާއްކާފައި ވެއެވެ. މީގެ ތެރެއިންވެސް މެޗުގައި ފުލްކޮށް ކުޅުނު ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ހުސެން ޖަވާދު ( ޖަވާ ) އާއި ހުސްނީ ޢުމަރު ( ތަންބި ) އާއި އިސްމާޢިލް ޝިމާޒް ( ކައްޓި ) ގެ ކުޅުން އިތުރަށް ފާހަގަ ކޮށްލެވެއެވެ އަދި މި މިމެޗުގައި ދެ ލަނޑޫ ޖެހި ޢަބުދުﷲ ނާޝިދު ( ނާއްޕެ ) ގެ ކުޅުން ފާހަގަ ކޮށްލެވެއެވެ..
މިއީ ލަންދޫގެ ފުޓްބޯޅައިގެ ތާރީޙްގައި ލަންދޫގެ އެންމެ ވާދަވެރި މިލަދޫގެ މައްޗަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. މި ބްލޮގުގެ ފަރާތުން ސްޕޮންސަރކޮށް ރޭވި މި މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ނ،ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާގާއި " ލަންދޫ އިންފޯ .ކޮމް " ގެ މަސްޢޫލްވެރިޔާ އަލްފާޟިލް އަޙްމަދު ދާއޫދެވެ.
3 ޚިޔާލު:
shakeel ge age kihaaa vareh baaaa
2 مايو 2010 في 4:43 مShakeel ge Ufann Thaareehaky 14 - 9 - 1992
2 مايو 2010 في 9:35 مIbrahim Saudhuge Ufann Thaareehaky 22 - 11 - 1992
އަޅުގަނޑުއަށް އަދި18އަހަރެން ނުވޭ، މި އަހަރު ވަނީދޮ
4 مايو 2010 في 2:59 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ