الأحد، 2 مايو 2010

ލިބުނު އެއްބާރުލުމަށް ހަމަ ފަށްފަށުން ޝުކުރިއްޔާ

ލިޔުނީ : މިހާސް

 
މި ބްލޮގް ރަސްމީކޮށް ފެށުން ފާހަގަ ކުރުމުގެ ގޮތުން މި ބްލޮގުގެ ފަރާތުން އިސްނަގައިގެން އިންތިޒާމް ކުރެވިގެން އިއްޔެ މިލަދޫ ޓީމާއި ދެމެދު ކުޅެވުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗު ކުޅުމުގައި ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިންނާއި އެންމެހާ ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރި ކަމާއި އެއްބާރުލުން ފާހަގަކޮށް ނިހާޔަތައް ޝުކުރުވެރި ވަމެވެ.
މި ބްލޮގު ފަށައިގެން ހިސާބުން ފެށިގެން މިއަދާއިހިސާބަށްވެސް ކިޔުންތެރިންނާއި ބެލުންތެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެންމެހާ ފަރާތްތަކަށް ވަރަށް އިޙްލާސްތެރި ކަމާއި އެކު ޝްކުރު ދަންނަވަމެވެ.
މިބްލޮގުން އިންތިޒާމް ކުރެވިގެން އިއްޔެ މިރަށުގައި ކުޅެވުނު ތާރީޙީ ފުޓްބޯޅަ މެޗު ނިމިދިޔަ ގޮތުން މިފަދަ ކަންތައްތައް ކުރުމުގައި އަޅުގަނޑަށް ކުރިއެކޭ އެއްފަދައިން ވަރަށްބޮޑުހިތްވަރަކާއި ޔަޤީންކަމެއް އަނެއްކާވެސް ލިބިގެން ހިގައްޖެއެވެ.
ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިންނާއި ޒުވާނުންގެ އެއްބާރުލުން ލިބޭކަމަށްވާނަމަ ކުރިމަގުގައިވެސް މިފަދަ ކަންތައްތައް ކުރުމުގައި އިސްނަގައި ، ޒުވާނުންނަށް މިފަދަ ކަންތައްތައް ކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް