الأربعاء، 7 أبريل 2010

ދަނގަޑޭ ފޯމްގަ ހުރިއްޔާ މިއަދަކީ ވީ.ބީ ގެ ދުވަހަކަށް ވާނެ

ލިޔުނީ : މިހާސް
އޭ.އެފް.ސީ ކަޕްގައި މިއަދު ރާއްޖޭގެ ވީ.ބީ ސްޕޯރޓްސް ކުލަބު ތައިލެންޑްގެ މުއަން ތޮންގް ޔުނައިޓެޑާއި ދެކޮޅަށް ރާއްޖޭގެ ރަސްމީ ދަނޑުގައި ކުޅެވޭ މެޗު ކާމިޔާބު ވުމާއި ނުވުންއޮތީ ރާއްޖޭގެ ނަމްބަރ 1 ކުޅުންތެރިޔާ އަލީ އަޝްފާގް ( ދަނގަޑޭ ) ހުންނަފޯމްގެ މައްޗަށެވެ.
މިއަދު މިދެޓީމް ބައްދަލްކުރާއިރު މިދެޓީމް ތައިލެންޑްގައިވަނީ އެއްމެޗު ކުޅެފައެވެ. މި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ތައިލެންޑްގެ މުއަން ތޮންގް ޔުނައިޓެޑެވެ. މި މެޗުކުޅެވުނު އިރު ތައިލޭންޑް ޓީމްގެ ސަޕޯޓަރުންގެ ފަރާތުން އެޓީމަށް ވަރަށް ބޮޑު ސަޕޯރޓެއް ލިބިގެން ގޮސްފައިވާކަން ވީ.ބީ ސްޕޯރޓްސް އިން ފާހަގަ ކުރައްވައެވެ. މިހެންކަމާއި އެކު އެފަދަ ސަޕޯރޓެއް މިއަދު ދިވެހިސަޕޯރޓަރުންގެ ފަރާތުން ވީ.ބީ އަށް ދިނުމަށް ވީ.ބީ އެދެމުން ދެއެވެ.
މި މެޗާއި ވީ.ބީ ކުރިމަތިލާއިރު ވީ.ބީ ރަނގަޅުފޯމެއްގައި އޮތުމުން މިއަދުގެ މެޗު ކާމިޔާބު ކުރުމުގައި ވީ.ބީ އަށް ފަސޭހަވެގެން ދާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ބޭރު ގައުމުތަކުގެ ޓީމްތަކާއި ދެކޮޅަށް ކުޅުމުގައި ދަނގަޑޭއަކީ އާދަޔާ ޚިލާފް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށް ވާއިރު މިއަދުގެ މެޗުގައި ދަނގަޑޭގެ ހުނަރުވެރި އަސްލުކުޅުން ފެނިގެންދާނެކަމަށް ގިނަބަޔަކު އުއްމީދުކުރެއެވެ.
އަޅުގަނޑުމެން އެދެނީ މިއަދުގެ މެޗުން ވީ.ބީ އަށް ރަނގަޅު ފުރިހަމަ ކާމިޔާބީއެއް ލިބިގެން ދިއުމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް