الأربعاء، 7 أبريل 2010

މެސީ – މިއަދުގެ ފުޓްބޯޅައިގެ ރަސްގެފާނު

ލިޔުނީ : މިހާސް
ދުނިޔޭގައި މިވަގުތުހުރި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މިވަގުތު ސްޕޭންގެ ބަސަލޯނާއަށް ކުޅެމުންދާ އަޖެންޓީނާއަށް އުފަން މެސީކަން ވަނީ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އިގިރޭސިވިލާތުގެ އާސެނަލް އާއި ބާސަލޯނާ ބައްދަލްކުރި މެޗުގައި ވަރަށް ރަނގަޅަށް މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައެވެ.
ދުނިޔޭގައި މިހަތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިޔާ ކަމަށް އިންޓަނެޓް މެދުވެރިކޮށް ކުރެވުނު ސާވޭއަކުން ހޮވުނު އާޖެންޓީނާއަށް އުފަން ޑިއަގޯ މެރެޑޯނާއަށް ވުރެވެސް ދުނިޔޭގެ %52 އިންސައްތަ މީހުން ހުރިހަގޮތަކުންވެސް މޮޅުކަމަށް މިއަދު ޤަބޫލްކުރަމުން ގެންދާ މެސީއަކީ މިއަދު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ހުރި ވަރަށް ރަނގަޅު ނަމޫނާ ކުޅުންތެރިއެކެވެ.
ރޭގެ މެޗުން ބަލިވެ މުބާރާތުން އަލްވަދާޢު ކިޔަން ޖެހުނު އާސެނަލްގެ ކޯޗު އާސަން ވެންގާ ފާހަގަ ކުރިގޮތުގައި ރޭގައި އެޓީމް ބަލިވުމުގައި މެސީގެ ހިއްސާ ވަރަށް ބޮޑުކަމުގައެވެ. އަދި ރޭގައި ބާސާއަށް ޖަހައިދިން 4 ގޯލް ހިތްގައިމު ގޮތަކަށް ޖަހަދިން މެސީ ވެންގާ ފާހަގަ ކުރަނީ ފުޓްބޯޅައިގެ މިއަދުގެ ރަސްގެފާނުގެ ގޮތުގައެވެ.
ހަމަ ހަޤީގަތުގައިވެސް މެސީ އަކީ މިއަދު ދުނިޔޭގެ ފުޓްބޯޅަ ދަނޑުތަކުން ފެންނަ ފުޓްބޯޅައިގެ ރަސްގެފާނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް