ދިރާގު – ދިވެހިލީގުގެ އެންމެ ކުރީގައި ވަރުގަދަ ވީ.ބީ
ލިޔުނީ: މިހާސް
މިހާރު ދިވެހިރާއްޖޭގައި ހިގަމުންދާ އެންމެވަރުގަދ ފުޓްބޯޅަ ލީގު ކަމުގައިވާ ދިރާގު ދިވެހި ލީގުގެ އެންމެ ކުރީގައި އުޅެނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ވީބީ ސްޕޯރޓްސް ކުލަބެވެ.
ދިރާގު ދިވެހިލީގް މިހާހިސާބަށް އައިއިރު ވިބީ އިން ވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި ފައިދާ 13 ގޯލް ކާމިޔާބު ކޮށްފައެވެ.
ދެ މެޗްކުޅެގެން ތާވަލްގެ ދެވަނާގައި އުޅެނީ މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ވިޔަންޒާ އެވެ. 3 ވަނާގައި އުޅެނީ މާޒިޔާ އެވެ. ވިކްޓްރީ ސްޕޯރޓްސ ކުލަބު އެއްމެޗު ކުޅެފައިވުމުން ޕޮއިންޓް ތޭބަލްގެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު ވިކްޓްރީއަށް ވަރަށް ބޮޑެވެ.
ދިވެހި ލީގުގެ އެންމެގިނަ ލަނޑުޖެހި ކުޅުންތެރިންނަށް ބަލާއިރު މިލިސްޓްގެ އެންމެ ކުރީގައި އުޅެނީ 9 ލަނޑާއި އެކު ވޭތުވެ ދިޔައަހަރުވެސް މި މަޤާމްހޯދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ވީ.ބީ ގެ ކެޕްޓަން ޢަލީ އަޝްފާޤް ( ދަނގަޑޭ ) އެވެ.
ލީގުގެ މިހަފްތާގެ އެންމެފަހު މެޗު މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި އޮންނާނެއެވެ. މި މެޗުގައި ބައްދަލްކުރާނީ ވިކްޓްރީ ސްޕޯރޓްސް ކުލަބާއި ، ތޮއްޑޫގެ ޓީމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ