ސްޕެނިޝް ލަލީގާގެ ބޮޑުދެބާރުގެ ކުރިމަތިލުންވެސް ބާސަލޯނާ އަށް
ލިޔުނީ : މިހާސް
ސްޕެއިންގެ ފުޓްބޯޅަ ލީގ ސްޕެނިޝް ލަލީގާގެ އެންމެވަރުގަދ އަދި މިއަދު މުޅި ދުނިޔއިންވެސް އެންމެ ވަރުގަދަ ކަމަށް ބެލެވޭ ދެޓީމް ކަމުގައިވާ ރިއަލް މެޑްރިޑާއި އެޓީމްގެ ވާދަވެރި ބާސަލޯނާ ބައްދަލްކުރި ދެވަނަ މެޗުވެސް ބާސާ އިން ކާމިޔާބު ކޮށްފިއެވެ.
ރިއަލްގެ ދަނޑުގައި ކުޅެވުނު މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ބާސާއެވެ. މިމެޗުގެވެސް ތަރިއަކަށް ވެފައިަވނީ މި ސީޒަންގައި ބާސާއަށް 40 ވަނަ ގޯލް ރޭގައި ޖަހައިދިން ލަލީގާގެ ޓޕް ސްކޯރާރ މެސީ އެވެ.
މިމެޗް ބާސާއިން ކާމިޔާބުކުރުމުން ރިއަލް މެޑްރިޑަށް ވުރެ 3 ޕޮއިންޓް އިތުރަށް އެޓީމަށް ލިބުނީއެވެ. އަދި ވޭތުވެދިޔަ އަހަރު ކާމިޔަބު ކުރި ލީގް ކަޕް އަމިއްލަ ބާރާއިއެކު ކާމިޔާބު ކުރުމުގެ ފުރުޞަތު ތަނަވަސް ކުރީއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ