الأحد، 11 أبريل 2010

ފުޓްބޯޅައިގެ ތާރީޙް ލިޔުންތެރިޔާ

ލިޔުނީ : މިހާސް
އަޅުގަނޑުމެންގެ މިރަށް ލަންދޫއަކީ ފުޓްބޯޅައިގެ ދިގު ތާރީހެއް އޮތް ، އަތޮޅުފެންވަރުގެ ގިނަ ގުނަ ކާމިޔާބީތަކެއް ލިބިފައިވާ ފުޓްބޯޅައަށް ނުހަނު ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުން އަަންނަރަށެކެވެ.
މިރަށަކީ ފުޓްބޯޅައިގެ ރަށެއް ނަމަވެސް ފުޓްބޯޅައިގެ މަޢުލޫމާތުތައް އަންނަން އޮތްޖީލްތަކަށް ވާސިލްކޮށްދިނުމަށް ޓަކައި މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. ނަމަވެސް 5 ޖޫން 2006 ގައި ލަންދޫ އަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑުކާމިޔާބީ އާއި ގުޅިގެން ނ.ލަންދޫ އޮއިވަރު އަލްފާޟިލް ސަލީމް ޙުސެއިން ( މެއްޑޯ ) ވަނީ ލަންދޫ ގެ ޓީމްތައް ރަށުންބޭރުގެ ޓީމްތަކާއި އެކު ކުޅެވޭ މެޗުތަކުގެ މަޢުލޫމާތުތައް އެއްކުރަންވަން ފައްޓަވާފައެވެ.
އަލްފާޟިލް ސަލީމް ހުސެއިން ( މެއްޑޯ / އެފް.ބަލަކް ) ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައަށް ނުހަނު ޝައުޤު ހުންނަ ފުޓްބޯޅަ ކުޅޭހިތްވާ އަދި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެންމެ ކުޑަ އިރުވެސް ފުޓްބޯޅަކުޅުމަށް ޝައުޤްހުންނަ މެއްޑޯ ފާހަގަ ކުރެވިފައިވަނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ ރަނގަޅުކަންތައްތައް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވަވާ ބޭފުޅެއްގެ ގޮތުގައެވެ.
މިހާރު މުޅިދުނިޔެއަށް މަޝްޙޫރު އިރޭސިވިލާތުގެ ޗެލްސީއަށް ސަޕޯރޓްކުރައްވާ، ޤުބާންވެލައްވަވާ މެއްޑޯގެ އެންމެ މަޤްބޫލްކުޅުންތެރިޔަކީ މެއްޑޯއަށް ފުޓްބޯޅަ ދަނޑުގައި ވަނަމަކަށް ބޭނުންކުރެވޭ ނަން ( އެފް.ސީ ބަލަކް ) ނިސްބަތް ވެގެންވާ ޖާރމަންގެ ކެޕްޓަން މައިކަލް ބަލަކް އެވެ.
ކުޅެންދާ ކޮންމެ ދުވަހަކުވެސް ޖެހޭ ގޯލްތަކުގެ ރެކޯރޑްސްތައް އަމިއްލައަށް ބަލަހައްޓަވަމުން ގެންދަވާ މެއްޑޯ މިއަދު ފާހަގަ ކުރެވިފަިވަނީ ފުޓްބޯޅަ ދަނޑުމަތީގައި ނުހަނު ގަދަ ހިތްވަރާއި އެކު މަސައްކަތް ކުރާ ބިރުކުޑަ އަދި ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ދަނޑުމަތީގައި ރުޅިއަންނަން ނޭގޭ މެއްޑޯއަކީ މިފަހަކަށް އައިސް ލަންދޫއިން ބޭރު ރަށްރަށުގައި ބޭއްވުނު ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެނޭޖަރުކަމާއި އަދި އޮފިޝަލްކަން ކޮށްދެއްވާފައިވާ ފުޓްބޯޅައިގެ ބޭފުޅެކެވެ.
އަދި ހަމައެހެންމެ މެއްޑޯއަކީ ލަންދޫއިން އަތޮޅު މުބާރާތާއި ޒޯން މުބާރާތްތަކުގައި ވާދަކުރި ޓީމްތަކަށް ސުވެނިއަރ ތައްޔާރުކޮށްދެއްވާ މިރޮގުން ރަށުޓީމްތަކަށާއި ރަށަށް ނުހަނު ގިނަގުނަ ރީތިނަމަކާއި ޝަރަފެއް ހޯއްދަވާ ދެއްވާފައިވާ ފުޓްބޯޅައިގެ ފަންނުވެރިއެއްވެސް މެއެވެ.
ފުޓްބޯޅަ ކުޅެގެން މާބޮޑު ކާމިޔާބީތަކެއް ޙާޞިލްކުރެއްވިފައި ނެތްނަމަވެސް ފުޓްބޯޅައިން މެއްޑޯގެ އެހީތެރިކަން ނުލިބޭ އެއްވެސް ދާޢިރާއެއްނެތެވެ. ފުޓްބޯޅަ ކުޅުންތެރިންނާއި ބެހޭ ރިޕޯރޓް ތައްޔާރު ކުރެއްވުމުގައި މެއްޑޯވަރެއް ނެތޭބުނުމަކީ އެހެންފަރާތްތަކަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ.
ލަންދޫގެ ރައްޔިތުންގެ ކުޅިވަރު، ފުޓްބޯޅައަށް މެއްޑޯ ކޮށްދެއްވި އަދި މިއަދުވެސް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ލަންދޫގެ ތާރީޙްގައި ފުޓްބޯޅައަށް ޙާއްޞަކުރެވިގެން ތައްޔާރުކުރެވުނު ފުރަތަމަ ބޮލޮގް ކަމުގައިވާ މިބްލޮގް (ލަންދޫ ސޮކަރ.ޓީކޭ ) ގެ ފަރާތުން މެއްޑޯ އަށް ވަރަށް އިޙްލާޞްތެރި ކަމާއިއެކު ޝުކުރާއި މުބާރިކްބާދީ ދަންނަވަމުން މެއްޑޯގެ މަސައްކަތައް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް