ވީ.ބީ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ވަރަށް ހަނިވެއްޖެ
ލިޔުނީ : މިހާސް
މިއަހަރުގެ އޭ.އެފް.ސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރަމުންގެންދާ ވީ.ބީ ސްޕޯރޓްސް ކުލަބަށް މި މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ވަރަށް ހަނިވެއްޖެއެވެ.
ވީ.ބީ އަށް މިފުރުޞަތު ހަނިވެގެން މިދިޔައީ އޭ.އެފް.ސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެފަހުން އެޓީމް މާލޭގެ ގަލޮޅު ދަނޑުގައި ތައިލޭންޑްގެ މުއަން ތޮންގް އަތުން 2 ލަނޑު 3 ލަނޑުން ވީ.ބީ ބަލިވުމުގެ ސަބަބުންނެވެ.
އެދުވަހު ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗަކީ ވީ.ބީ އަށް މޮޅުނުވެވޭވަރުގެ މެޗެއް ނޫނެވެ. ފުރަތަމަ ހާފުގައި ޓޮމްގެ ހިތްގައިމް ގޯލަކުން ލީޑް ހޯދާފައިވަނިކޮށް ފަހުހާފްގައި ވީ.ބީ ބަލިވެގެން ދިޔައީ ފަހުހާފްގެ ކުރީކޮޅުގައި ވީ.ބީއަށް ލިބިފައިވާ ލީޑް ދަމަހައްޓަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ.
ނަތީޖައަކަށް ވެގެންދިޔައީ ތައިލޭންޑްގެ މުއަން ތޮންގ ޓީމްގެ ކުޅުން ރަނގަޅުކޮށް ވީ.ބީއަށް ބާރު ބޮޑުކުރަން ފެށުމެވެ. އަދި ފުލް ފުލުގައި ވީ.ބީ ކޮޅަށް ދެގޯލް ޖަހާ އެޓީމް ރަނގަޅަށް ހަމަޖެހިލުމެވެ.
ނަމަވެސް އެމެޗު ނިމުމުގެ ކުރިން ވީ.ބީ އަށް ދެބަލެއްގެނެސް އިތުރަށް މެޗު ތެރެއަށް ވަދެގެން ދިޔަތަނަށް ފެނިގެންދިޔައެވެ. އަދި އަޑުބަރޭގެ ގޯލަކުން ލަނޑުގެ ތަފާތު ކުޑަކޮށްދިނެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ