الاثنين، 26 أبريل 2010

ތާރީޙަށްޓަކައި ކުޑަފަރީމެޗް

ލިޔުނީ: މިހާސް



އެޕްރީލް 23 ، 2010  ވީ ހުކުރު ދުވަހަކީ ލަންދޫ ދަނޑުގައި ކުޑަފަރީ ޓީމަކާއި އެކު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅެވި މި މެޗު 1 ލަނޑު 0 ލަނޑުން ލަންދޫގެ ފުޓްބޯޅަ ޓީމް މޮޅުވި ދުވަހެވެ. މި މެޗުގައި ލަންދޫއިން ނެރެފައިވާ ޓީމްގެ ފޮޓޯ މި ލިއުމާއި އެކު މިވަނީއެވެ.
މިމެޗުގައި ރެފްރީކަން ކޮށްފައިވަނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދު އެވެ. މިމެޗުގައި ރެފްރީވަނީ މިރަށު ޓީމުގެ އަބުދުﷲ ނާޝިދު ( ނާއްޕެ ) އަށާއި ، ހަސަން މާހިރު ( މާއްޓޭ ) އަށާއި، މުޙައްމަދު ޢަލީ ( މޯޑް އަލީ ) އަށް ރީދޫ ކާޑް ދައްކާފައެވެ.

މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނ،ލަންދޫ ވިނަރެސް އަލްފާޟިލް ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ. މި ލަނޑު ޔޫއްޓޭ ޖަހައިދީފައިވަނީ މެޗުގެ ފަހުހާފުގެ 32 ވަނަ މިނިޓްގައި ކުޑަފަރީ ޓީމްގެ ދެތިން ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިޔާގެ ބޭރުގައި ހުރެ ބާރަށް ޖަހައި ކުޑަފަރީޓީމްގެ ގޯލްކީޕަރުގެ އަރިކަށިދަށުން ދުއްވާލައިގެންނެވެ
މި މެޗުގައި ކެޕްޓަން ބޭންޑްނޭޅިނަމަވެސް ކެޕްޓަނެއްގެ ގޮތުން މެޗުފެށުމުގެ ގޮތުން ގުރުއަތު ލުމުގައި ބައިވެރި ވެފައިވަނީ ނ.ލަންދޫ ފިނޮޅު އަލްފާޟިލް ހަސަން މާހިރު ( ހަސަން މާއްޓޭ ) އެވެ.
މި މެޗުގައި ލަންދޫ ޓީމުން އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރަނީ ކުޑަފަރީ ޓީމްގެ ގިނަ ހަމަލާތަކެއް ދިފާޢުކުރި މި މެޗުގައި ލަންދޫ ޓީމްގެ ގޯލް ބެލެހެއްޓި ގޯލްކީޕަރުން ޢާއިލާގެ އެއްނަމްބަރ ކީޕަރ ނ.ލަންދޫ ކާމިނީވިލާ އަލްފާޟިލް މުޙައްމަދު ޢަލީ ( މޯޑް ޢަލީ ) އެވެ.

މި މެޗުގައި ލަންދޫ ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔަކީ 34 އަހަރުގެ ހަސަން މާހިރެވެ . އަދި މި މެޗުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ 18 އަހަރުގެ އިބްރާޙިމް ސަޢުދު އެވެ.
މި މެޗު ނިމިގެން ގޮސަފައިވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިގާ އަމަން އޮމާން ކަމާއި އެކުގައެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް