ލިބުނު ކޮމެންޓްސް ތަކަށް މަރުޙަބާ !!؟
ލިޔުނީ : މިހާސް
މި ބްލޮގް އަޕްޑޭޓް ނުކުރެވި މިދިޔަ ދުވަސްކޮޅު ތެރޭގައިއަޅުގަނޑަށް ލިބިގެންދިޔަ ކޮމެންޓްސްތަކުން އަޅުގަނޑަށް އެގިގެން ދިޔައީ މި ބްލޮގަށް ކިޔުންތެރިންނާއި ބެލުންތެރިން ދެއްވާ ތަރުޙީބު ބޮޑުކަމެވެ. މިކަމަށްޓަކައި ހުރިހާ ފަރާތްތަކަކަށް ވަރަށް އިޙްލާޞްތެރި ކަމާއި އެކު ޝުކުރު ރައްދުކުރަމުން ބްލޮގް އަޕްޑޭޓް ނުކުރެވި ދިޔަކަމަށްޓަކައި ނިހާޔަތައް މަޢާފަށް އެދެމެވެ.
މި ވޭތުވެދިޔަ ދުވަސްކޮޅު ބްލޮގް އަޕްޑޭޓް ނުކުރެވި ދިޔަނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބްލޮގް އަޕްޑޭޓް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ.
މިގޮތުން މިއަދުން ފެށިގެން ކޮންމެދުވަހަކު ހަވީރު މިކުޅެވޭ ފުޓްބޯޅައިން ކޮންމެދުވަހެއްގެވެސް އެންމެ ރަނގަޅު ކުޅުންތެރިޔަކު ހޮވާ އެކުޅުންތެރިއަކާއި، ބެހޭ މަޢުލުމާތު މި ބްލޮގުގެ އަހުލްވެރިންނައި ހިސާބަށް ގެނެސް ދެވޭތޯ ބަލާނަމެވެ. މަޤްޞަދަކީ ފުޓްބޯޅަ ކުޅެންދާ ކުޅުންތެރިންނަށް ހިތްވަރުދީ އެކުޅުންތެރިން ފުޓްބޯޅައިން ކުރިއަށް ދިއުމަށް ކުރާމަސައްކަތްތައް ފާހަގަކުރުމެވެ.
މިކަމުގައިވެސް މި ބްލޮގުގެ ބައިވެރިންގެ ފަރާތުން އެހީތެރިކަމައި އެއްބަރުލުން ލިބޭނެކަމަށް އުއްމީދު ކުރަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ