އިއްޔެގެ އެންމެމޮޅު ކުޅުންތެރިޔާ
ލިޔުނީ : މިހާސް
މި ބްލޮގުގެ ފަރާތުން ހޮވުމަށް ހަމަޖެހިފައިވާ ދުވަހުގެ މޮޅުކުޅުން ތެރިޔާގެ މަޤާމަށް ފުރަތަމަ ފަހަރަށް ހޮވެނީ މިހާރަކަށް އައިސް ކޮންމެދުވަހެއްގައިވެސް އެއްފެންވަރަކަށް ކުޅެމުން ހުނަރުވެރު، ޖެހިލުންކުޑަ މޮޅުކުޅުމެއް ދައްކަމުންއަންނަ އަހްމަދު އާޒިމް ( ދަވާދޭ ) އެވެ.އާޒިމްއަކީ މިއަދު ލަންދޫ ސްކޫލްގެ ގްރޭޑް – 8 ގައި ތަޢުލީމް ހަސިލްކުރަމުން އަންނަ އިސްކޮޅުން ކުރު ހަށިގަނޑުގެ ގޮތުން ކިތައްމެ ކުޑަނަމަވެސް ފުޓްބޯޅަ ދަނޑުގައި ވަރުގަދަ ޖެހިލުން ކުޑަ ހުނަރުވެރި ކުޅުންތެރިއެކެވެ.
އާޒިމް ފާހަގަ ކުރެވިފައިވަނީ މަތިން އަންނަބޯޅަ މޭންކޮންޓްރޯލް ކޮށްލުމުގައި އާދަޔާޚިލާފް ރީތިގޮތެއް ގެންގުޅޭ ސްޕީޑް ރަނގަޅުވެފައި ވާތުފައިން ވަރަށް ބާރަށް ބޯޅައިގައި ޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
އިއްޔެގެ އެންމެ މޮޅުކުޅުންތެރިއަކަށް އާޒިމް މިހޮވަނީ އާޒިމްގެ ޓީމް މޮޅުކޮށްދިނުމުގައި ޓީމްގެ ކުރިއަށް ކުޅެމުން ފަހަތައް ފައިބައިގެން ފޯވާޑުންނަށް ބޯޅަ ސަޕްލައި ކޮށްދިނުމުގައި އާޒިމްކުރި މަސައްކަތް ބޮޑުވެފައި އާޒިމް ނޫނީ މިގޮތައް ކުޅުނު ކުޅުންތެރިއަކު އިއްޔެގައި ނެތުމުންނެވެ.
ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި އާޒިމްއަކީ މުސްތަޤްބަލްގެ ލަންދޫގެ ފުޓްބޯޅައިގެ ތަރިއެވެ. މިހާރުވެސް އާޒިމް ވެފައި މިވަނީ މިއަދުގެ " ލަންދޫ ސޮކަރ.ޓީކޭ " ގެ ތަރިކަމުގައެވެ. އާޒިމް އަށް މަރުޙަބަކިޔާ ތިޔަގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ