الثلاثاء، 6 أبريل 2010

ފުޓްބޯޅަ ނުކުޅެވޭ ވަރެއްނުވޭ

ލިޔުނީ: މިހާސް

ލަންދޫގައި ފުޓްބޯޅަ ކުޅެލާނެ ކުޅުންތެރިންނެތިގެން ފުޓްބޯޅަ ނުކުޅެވިތިބެން ޖެހުނު ޒަމާން މިއަދު މިވަނީ މާޒީ އާއި އެކުވެ ގޮސްފައެވެ. މިއަދު ސިކްސް އަ ސައިޑް އަށް ފުޓްބޯޅަ ކުޅެލެވޭ ވަރަށް އަބަދުވެސް ރަށުގައި ކުދިން ތިބެއެވެ.
މިއަދު ލަންދޫގައި ތިބި އެންމެހުނަރުވެރި އަދި އަރަމުން އަންނަ ބައެއް ކުޅުންތެރިންނަކީ ރަށުގައި ދާޢިމީ ވަޒީފަތަކެއް އަދާކުރަމުންދާ ކުލުންތެރިންނަށް ވުމުން އަބަދުވެސް ފުޓްބޯޅަ ކުޅެވޭ ވަރަށް ކުދިންތިބެއެވެ.
ހަމަ އެހެންމެ ފުޓްބޯޅަކުޅޭ ކުޅުންތެރިންގެ ތެރެއިން ބައެއްކުދިން ރަށްކައިރީގައިވާ ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުން ދިއުމުގެ ސަބަބުން އެކުޅުންތެރިންނަށް އޮފްޑޭ އަށް ރަށަށް އައިސް ކުޅެލުމުގެ ފުރުބަތުތައް ލިބިގެން ދެއެވެ.
މިއަދު ރަށުގެ ފުޓްބޯޅަ ވައިގާ ހިފާފައިވުމުގެ މައިގަޑު އެއްސަބަބަކީވެސް މިއެވެ.
މީގެ ކުރިން ފުޓްބޯޅަ ކުޅެލުމުގެ ޗާންސް ލިބެނީ މާލޭގައި ނުވަތަ ރިސޯޓް ތަކުގައި ވަޒީފާއަދާ ކުރަންތިބޭ ކުދިންތައް ޗުއްޓީއެއްގައި ރަށަށް އައިސް އެކުދިން ފުޓްބޯޅަ ކުޅެންދާން ފެށުމުންނެވެ.
އެދުވަސްވަރު އަހަރުތެރޭގައި ފުޓްބޯޅަ ކުޅެލަން ލިބެނީ މިހާރާއި ބަލާފައި ވަރަށްމަދު ދުވަސްކޮޅެކެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް