الثلاثاء، 6 أبريل 2010

ޗެމްޕިއަންސްލީގު ފައިނަލްގައި ކޮށްދެޓީމެއްބާ !!!؟


ލިޔުނީ : މިހާސް
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެވަރުގަދަ ސަރަހައްދުކަމުގައި ބެލެވޭ ޔޫރަޕްގައި ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތްކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިއަހަރު ބައްދަލް ކުރާނީ ކޮންދެޓީމެއް ބާވައެވެ.
މިހާރުމިވަނީ މި މުބާރާތުގެ އެންމެފަހުގެ މަރުހަލާއަށް އައިސްފައެވެ. ވޭތުވެ ދިޔައަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ މުބާރާތުގައިވެސް ވަނީ ވަރަށް އާދަޔާ ޚިލާފް ކަންތައްތަކެއް ހިގާފައެވެ. އެންމެބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ދުނިޔޭގައި އެންމެ ނަންމަޝްޙޫރުކަމަށް ބެލެވުނު ޓީމްތައް ގަދަ އަށަކާއި ހިސާބަށް އައި އިރު މުބާރާތުން ފެއިލްވެގެން ގޮސްފއި ވުމެވެ.
އިގިރޭސި ވިލާތުގެ ޗެލްސީ ކަޓާފައިވާއިރު މިއަދު ފުޓްބޯޅައިގެ ތަރިންގެ ޓީމްކަމުގައި ބެލެވެމުންދާ ސްޕޭއިންގެ މަޝްހޫރު ރިއަލް މެޑްރިޑްވެސް ވަނީ މުބާރާތުން ކަޓައިގެން ގޮސްފައެވެ.
ނަމަވެސް އެންމެފަހުގެ ޗެމްޕިއަން ޓީމާއި އޭގެ ކުރީއަހަރުގެ ޗެމްޕިއަން ޓީމް މިފަހަރުގެ ގަދަ އަށެއްގައިވެސް ވާދަކުރަމުން އަންނަކަމީ މިއަހަރުވެސް އެޓީމްތަކުގެ ގަދަފަދަކަން ހާމަކޮށްދޭ ކަމެކެވެ.
މިއަހަރުވެސް ޗެމްޕިއަންސް ލީގް ކާމިޔަބުކުރުން އެންމެ ގާތް ޓީމެއްގެ ގޮތުގައި ގިނަބަޔަކު ދެކެނީ އެންމެފަހުގެ ޗެމްޕިއަން ސްޕޭންގެ ބާސަލޯނާ އެވެ. ނަމަވެސް އެޓީމަށް މިއަހަރު ފައިނަލްގައި މޮރީނިއޯގެ އިޓަލީގެ އިންޓަރ މިލާން ވަރަށް ވަރުދައްކާލާނެ ކަމަށް ބެލެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް