الثلاثاء، 6 أبريل 2010

މިދިޔަ އަހަރަށްވުރެ މިއަހަރު ދިވެހި ލީގުގެ ފޯރިގަދަ ވާނެބާ !!؟










ލިޔުނީ : މިހާސް

ދިވެހިރާއްޖޭގެ އެއްނަމްބަރ ކުޅިވަރަކީ ފުޓްބޯޅަ ކަމާއި މެދު ދެބަސްވަނެ އެކަކުވެސް ހުންނާނެ ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަމެވެ. ފުޓްބޯޅައަކީ އެކުޅިވަރަކަށްޓަކައި އެންމެހައި ދިވެހިން ޤުރުބާންވަމުންދާ ކުޅިވަރުކަމީވެސް އެންމެން ޤަބޫލްކުރާ ޙަޤީގަތެކެވެ.
މިހެން މިކަންއޮތްނަމަވެސް ވޭތުވެދިޔަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަންވެގެން ގޮސްފައިވަނީ މިހާތަނަށް ބޭއްވުނު އެންމެ ފޯރިއެއް ނެތް " ވަނދު " މުބާރާތެއްގެ ގޮތުގައެވެ.
މިހެން ކަމާއި އެކު މިއަހަރުގެ ފުޓްބޯޅަ މުބަރާތް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި ޢިދާރާއިން ފަށާފައިވަނީ ގިނަ ބަދަލް ތަކަކާއި އެކުގައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއްބަދަލަކީ ފުރަތަމަ ފަހަރަށް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ލީގުގެ ސްޕޮންސާރ ދިވެހިރާއްޖޭގެ މުޢާސަލަތީ މައި ކުންފުނި ކަމުގައިވާ " ދިރާގު " އަށް ވިއްކާލުމެވެ. ހަމަ މިފަދައިން މިފަހަރު ދިވެހި ލީގުގެ މެޗުތައް ލައިވް ކުރުމުގެ ފުރުޞަތު ރައްޖޭގެ އެންމެ ދުވަސްވީ ޓީވީ ޗެނެލްކަމުގައިވާ ޓީ.ވީ.އެމް އަށް ދިނުންވެސް ހިމެނެއެވެ.
މިފަހަރު ރާއްޖޭގެ ކުލަބްތައް ފުޓްބޯޅަ ސީޒަނާއި ކުރިމަތިލައިފާ ވަނީ ވަރަށް ބޮޑަތި ބަދަލް ތަކަކާއި އެކުގައެވެ. މިގޮތުން މިފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަކޮށްފައިވާ ޓީމަކަށް ފާހަގަ ކުރެވިފައިވަނީ ވީބީ ސްޕޯރޓްސް ކުލަބެވެ. ދެވަނައަށް އެންމެ ވަރުގަދަވާނެކަމަށް ބެލެވެނީ ވެތުވެދިޔައަހަރުގެ އެފް.އޭ އެމްގެ ރޭކިންގެ އެއްވަނަ ޓީމް ވިކްޓްރީ ސްޕޯރޓްސް ކުލަބެވެ.
މީގެ ކުރިން ރައްޖޭގައި އެންމެ ނަންމަޝްހޫރު ޓީމްތައް ކަމުގައި ބެލެވުނު ވެލެންސިއާ އާއި އެންމެ ސަޕޯޓަރުން ގިނަ ކަމަށް ބެލެވޭ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބަށްވަނީ ވަރަށް ބޮޑަތި ބަދަލްތަކެއް އައިސްފައެވެ.
މިއަހަރުގެ ދިވެހި ލީގުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުން ފެނިގެންގޮސްފައިވާ އިރު މިއަހަރުގެ ފުޓްބޯޅަ ސީޒަނަކީ ވޭތުވެ ދިޔަ އަހަރަށްވުރެ ހުރިހާ ގޮތަކުންވެސް ފޯރިގަދަވާނެ މުބާރާތެއްކަމަށް ބެލެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް