الاثنين، 12 أبريل 2010

ކިޔުންތެރިން ނާއި ބެލުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ހަމަ ފަށްފަށުން ޝުކުރިއްޔާ

ލިޔުނީ : އެޑްމިން


އަޅުގަނޑު މި ބުލޮގް ހެދިއިރު މިފަދަކުރު މުއްދަތެއްގެ ތެރޭގައި މި ބުލޮގަށް މިހާބޮޑުތަރުޙީބެއް ލިބޭނެކަމަކަށް ކުޑަކޮށްވެސް ހިޔެއް ނުކުރަމެވެ. ނަމަވެސް މި ބްލޮގަށް ޒިޔާރަތްކުރައްވާ ފަރާތްތަކުން ލިބެމުންދާ ކޮމެންޓަށް ބަލާލުމުން މިފަދަ ބްލޮގަކަށް މީހުން ބޭނުންވެފައިވާ މިންވަރު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވިއްޖެއެވެ. މިހެންކަމާއިއެކު މިބްލޮގަށް ޒިޔާރަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ވަރަށް އިޙްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަމެވެ.
މިބްލޮގަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުން އަޅުގަނޑަށް އެންމެބޮޑަށް އަމާޒްކުރުވާ ސުވަލަކީ މިބްލޮގުގައި ލަންދޫގެ ފުޓްބޯޅައިގެ ވާހަކަފިޔަވާ އެހެންބައެއްގެ ފުޓްބޯޅައިގެ ވާހަކަތައް ލިޔަނީ ކީއްވެގެންތޯ އަހާކުރިމަތި ކުރުވާ ސުވާލެވެ.
މި ސުވާލަށް އަޅުގަނޑުގެ ޖަވާބު ވަރަށް ސާފެވެ. ޙަޤީގަތުގައި މި ބްލޮގް މެދުވެރިކޮށް އަޅުގަނޑު ބޭނުންވަނީ ވީވަރަކުން ފުޓްބޯޅައާއި ބެހޭ ތަފާތު މަޢުލޫމާތުތައް މިބްލޮގްގެ އަޙްލުވެރިންނާއި ހިސާބަށް ގެނެސް ދެވޭތޯ ބެލުމެވެ.
އިރާދަ ކުރެއްވިއްޔާ ކުރިމަގުގައި މިބްލޮގަށް ޒިޔާރަތްކުރައްވާ ގިނަފަރާތްތަކުން ބޭނުންވެލައްވާ ފަދައިން ރަށުގެ ފުޓްބޯޅައާއި ބެހޭ ޚަބަރާއި މަޢުލޫމާތުތައް އިތުރު ކުރެވޭތޯ ބަލާނަމެވެ.
އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ލަންދޫގެ ފުޓްބޯޅައިގެ މާޒީ ދައްކުވައިދޭ ފޮޓޯތަކެއް މި ބޮލޮގްގެ އަޙްލުވެރިންނާއި ހިސާބަށް ގެނެސް ދެވޭތޯ ބަލާނަމެވެ.
އަދިވެސް އެއްފަހަރު މި ބްލޮގަށް ތިޔަދެއްވާ އެއްބާރުލުން ފާހަގަކޮށް ނިހާޔަތައް ޝްކުރުވެރިވަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް