ހުނަރުވެރި، ކުޅަދާނަ، ހިތްވަރުގަދަޒުވާން ގޯލްކީޕަރ
ލިޔުނީ: ޢަލީ ޒިޔާދު / ނ.ލަންދޫ
ލަންދޫއަކީވެސް އެހެންރަށްތަކެކޭއެއްފަދައިން ފުޓްބޯޅާއިގައި ކުރިއަރަމުން އަންނަ ރަށެކެވެ. ޒުވާންކުޅުންތެރިންތަކެއް ދަނީ ހަލުވިދުވެއްޔެއްގައި އުފެދެމުންނެވެ. ރަށުފެންވަރުގައި ވާދަކޮށް، އަތޮޅުފެންވަރުގައިވެސް ވާދަކޮށްލެވޭ އަދި ޤައުމީ ފެންވަރުގައިވެސް ވާދަކޮށްލެވޭއެތައް ޒުވާން ފުޓްބޯޅަ ކުޅުންތެރިންތަކެއްދަނީ ވިދާލަމުންނެވެ. ފޯވާރޑުންނާއި،މާރކަރުންނާއި ދެން މިހެންގޮސް ކިޔާނެކަމެއްނެތެވެ. ރެފުރީންނަށް ދަންދެނެވެ. އެގޮތުން އަޅުގަނޑު އެންމެ ފާހަގަކޮށްލަން ބޭނުންވަނީ މިހާރު ލަންދޫގައިވިދާލަމުން އަންނަ އެންމެ ޒުވާން ގޯލް ކީޕަރ އެވެ. ހަށިގަނޑުން ބިޔަނޫނެއްކަމަކު، ހިތްވަރާއިޢަޒުމުގައި ކާމިޔާބަށް މަސައްކަތްކުރަމުންދާ ހިތްވަރުގަދަ ގޯލްކީޕަރ އެވެ. ހަށިގަނޑުން ބިޔަ ކުޅުންތެރިން، ބުންވަރުގަދަ ކުޅުންތެރިން ގަދަފަންވަރާއެކު ގޯލާޢަމާޒުކޮށްލާ ބޯޅަތައް ދިފާޢުކުރަމުން އަންނަ ބިރުކުޑަ ގޯލްކީޕަރއެވެ. އާއެކެވެ.
ތިޔަހީވީ ހަމަ ރަނގަޅަށެވެ. އަޅުގަނޑު މިދައްކަނީ އަޅުގަނޑުގެ އަޚު އަޙުމަދުޝަކީލުގެ ވާހަކައެވެ. ނ.ލަންދޫ ކާމިނީވިލާއަށް އުފަން މި ހުނަރުވެރި ގޯލްކީޕަރފުޓްބޯޅާގެ ދާއިރާއަށް ނުކުތީ ސުކޫލު ދަޢުރުގައެވެ. އޭރުގަވެސް އަދި މިހާރުވެސްރަންވަނަތަކެއް ޚާޞިލްކުރަމުން އަންނަ މި ޒުވާނާއަކީ ކުރިމަގުގައި ލަންދޫގެފުޓްބޯޅާގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކޮށްދެވިދާނެ ކުޅުންތެރިއެކެވެ.
14ސެޕްޓެމްބަރ 1992 ގައި އުފަންވިއަޙުމަދު ޝަކީލް އެންމެ ފުރަތަމަ ބެސްޓްގޯލް ކީޕަރގެ މަޤާމް ހޯދީ 2004 ވަނަ އަހަރުލަންދޫ ސުކޫލުގެ ތިންހައުސްގެ މެދުގައި ބޭއްވުނު އިންޓަހައުސް ފުޓްބޯޅަމުބާރާތުންނެވެ. އެފަހަރުވެސް ސިއްތިމާވާ ހައުސްއަށް ރީތި ވަނައެއްގެނެސްދިނުމަށްފަހު، ޖެހިގެން އައި 2005 ވަނަ އަހަރުވެސް ސުކޫލުގައި ބޭއްވުނުއިންޓަހައުސް ފުޓްބޯޅަ މުބާރާތުން ހަމަ އެހައުސްއަށް ރީތިނަން ހޯދާ ދިނުމުގެގޮތުންވަނީ ބެސްޓްކީޕަރގެ މަޤާމު އެއަހަރުވެސް ދިފާޢުކޮށްފައެވެ. އެހެންނަމަވެސް 1 އަހަރުގެ މެދުކެނޑުމަކަށްފަހު ދެންވެސް އެ މަޤާމު 2007 ވަނަ އަހަރު ބޭއްވުނުއިންޓަހައުސް ފުޓްބޯޅަ މުބާރާތުގައި އޭނާ ޙާޞިލްކުރިއެވެ. 2006 ވަނަ އަހަރުއަޙުމަދު ޝަކީލް ފުޓްބޯޅައާއި ދުރަށް ދިޔައީކީ ނޫނެވެ. އެހެން ކުދިންނަށް ފުރުޞަޠުދިނުމުގެ ގޮތުން އެއަހަރުގެ އިންޓަހައުސްގައި އެހެން ދަރިވަރަކާ އެމަޤާމުހަވާލުކުރީއެވެ.
އަމިއްލަ ފައިދާއަށް ނުވިސްނާކަންކުރުމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. މިހެންދަންނަވަން މިޖެހުނީ 2008 ވަނައަހަރު ސުކޫލު ދަޢުރު ނިންމާލުމަށްފަހު، ލަންދޫގައި އެއަހަރު ބޭއްވުނު އެންމެ ބޮޑުއެއްފުޓްބޯޅަ މުބާރާތްކަމުގަ ވާ ރީނދޫކަޕް 2008 ގައި އެތައް ޓީމްތަކެއްގެގޯލްކީޕަރުން ފަހަތައް ޖައްސާލުމަށްފަހު ފަޚުރުވެރި އެ މަޤާމު ހިތްވަރާ ޢަޒުމުގައިއޭނާ ހޯދިކަމެވެ. އަމިއްލަ ފަރާތަކުން ބޭއްވި މި ކަޕްގައިވެސް އޭނާ އަށްވުރެޖާނުންވަރުގަދަ ގޯލްކީޕަރުންތަކެއް ފެނުނެވެ. އެހެންނަމަވެސް، އޭނާގެ ހުނަރުވެރިއުކުޅުތަކާއި މިކަމަށް އޭނާ ދީފައިވާ ޝަޢުޤުވެރިކަމެއްގެ ނަތީޖާ ވަރަށްވެސްފޮނިވިއެވެ.
އާދަޔާ ޚިލާފު ހުނަރުވެރި ކުޅުމެއްދައްކަމުން، ބެލުންތެރިންގެ ހިތްތަކަށް ހައިރާންކަން ދެން ގެނެސްދިނީ 2009 ވަނައަހަރު ބޭއްވުނު ހޮލިޑޭކަޕުންނެވެ. އެފަހަރުވެސް ހޮލިޑޭކަޕްގައި ބައިވެރިވިޓީމްތަކުގެ ތެރެއިން އެންމެ މޮޅު ކީޕާރގެ މަޤާމު އޭނާ ހޯދިއެވެ. އޭރު އޭނާގެޢުމުރުން ހަމަ އެންމެ 17 އަހަރެވެ. އޭނާގެ ޢުމުރުގެ 2 ގުނަ ޢުމުރުގެ ކުޅުންތެރިންފޮނުވާލި އެތައް ބޯޅައެއް ގޯލްގެ ދާގަނޑުގައި ނުޖައްސާ ފަޒާގެ ތެރެއަށްފޮނުވާލިއެވެ. ގަޔާލާ ހައްޔަރުކޮށްލައެވެ. މި ހުނަރުވެރި ގޯލްކީޕަރއަށް އަޅުގަނޑުހަމަ އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.
އަޅުގަނޑު އެދެނީ މިކަން ލަންދޫގައިފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރައްވާ ބޭފުޅުން ބަލައިގަނެ މިފަދަ ކުދިންނަށްއިތުރަށް ކުރިއަށް ދެވޭނެ މަގުތައް ހޯދާއި ދިނުމެވެ. އަޅުގަނޑުގެ އަޚު އަޙުމަދުޝަކީލްއަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުމަށް އެދި ދުޢާކުރަމެވެ.
ނޯޓް : މިއީ ލަންދޫ އިންފޯއިން ނަގާފައިވާ ލިޔުމެކެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ