ދަނޑުމަތީގައި ގަދަފަދަކަން ދެއްކުން – ބަލައި ނުގަނެވޭފަދަ ހުތުރު ސިފައެއް
ލިޔުނީ : މިހާސް
ފުޓްބޯޅަ ދަނޑުމަތީގައި ބައެއްކުޅުން ތެރިން ފުޓްބޯޅައާއި ކުޅުމުގެ ބަދަލުގައި އެކުޅުންތެރިންގެ ގަދަފަދަކަން ދައްކާތައް މިއޮތްފަދަ ތަޙްޒީބީ ޒަމާނުގައިވެސް އަޅުގަނޑުމެންނަށް ފެނިގެން އެބަދެއެވެ.
ބައެއްކުޅުންތެރިންނަކީ އެކުޅުންތެރިންގެ ޗާރާގައި އެކުޅުންތެރިންގެ ގަދަފަދަ ކަމާއި ބާރުދައްކައިގެން ކުޅުނު ބީދައިން މިއަދުވެސް ކުޅުމަށް ވިސްނަމުން އަންނަކުޅުންތެރިންނެވެ. އަނެއްބައި ކުޅުންތެރިންނަކީ މިއަދުވެސް އެކުޅުންތެރިންގެ ޒުވާން އުމުރުގައި އެފަދަ ގޮތަކަށް ގަދަފަދަ ކަމާއި އެކު ކުޅުމަށް ވިސްނަމުން އެގޮތައް ކުޅޭ ކުޅުންތެރިންނެވެ.
މިއަދު ރަށުގެ ފުޓްބޯޅަދަނޑުން މިފަދަ ކުޅުންތެރިންގެ ގޮތުގައި އެއްއަތުގެ އިގިލިތަކުން ގުނާލެވޭ އަދަދަށްވުރެވެސް މަދުކުޅުންތެރިން ފެންނަމުން ދާއިރު މިކުޅުންތެރިން އިސްލާޙްކޮށް ހަމަމަގަށް އެޅުވުމަށްޓަކައި ފުޓްބޯޅަކުޅެންދާ ގިނަ ކުޅުންތެރިންތަކެއް މަސައްކަތް ކުރަމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.
ގަދަފަދަކަން ދައްކަމުންދާ ގިނަކުޅުންތެރިންނަކީ އެކުޅުންތެރިންގެ ހިތުން އެކުޅުންތެރިންނަކީ އެންމެމޮޅު އެންމެހުނަރުވެރި ކުޅުންތެރިންކަމަށް ޤަބޫލްކުރާ ކުޅުންތެރިންނެވެ.
ނަމަވެސް ހިތާމައަކީ ދަނޑުމަތީގައި ގަދަފަދަކަން ދެއްކުމަށް މަސައްކަތް ކުރާކުޅުންތެރިންނަށް އެކުޅުންތެރިންނަށް ލިބިފައިވާ ހުނަރުވެރިކަން ވެސް ދައްކާލުމަށް ނުކުޅެދިފައެވެ.
މިހެންކަމާއިއެކު ލަންދޫގެ ދަނޑަށް މިހާރު ކުޅެންދާ ކުޅުންތެރިންގެ ތެރެއިން ގަދަފަދަ ކަމާއި ބާރުވެރިކަން ދައްކަމުންދާ ކުޅުންތެރިންގެ އެ އަމަލްހުއްޓާލުމަށް އަޅުގަނޑު ގޮވާލަމެވެ.
ޙަޤީގަތުގައިވެސް މިޒަމާނުގައި ފުޓްބޯޅަ ދަނޑުމަތީގައި ބޯޅައާއި ކުޅުމުގެ ބަދަލްގައި ސީދާ އިދިކޮޅުކުޅުންތެރިންނާއި ކުޅެ އެމީހެއްގެ ގަދަފަދަ ކަމާއި ބާރުވެރިކަން ދެއްކުމަށް މަސައްކަތް ކުރުމަކީ ބަލައި ނުގަނެވޭފަދަ ހަޑިހުތުރު ކަމެކެވެ.

1 ޚިޔާލު:
Hi !
13 أبريل 2010 في 8:03 صإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ