الثلاثاء، 13 أبريل 2010

ފުޓްބޯޅައިގެ ތާރީޙީ ފޮޓޯ އެއްކުރައްވާ ބޭފުޅެއް

ލިޔުނީ : މިހާސް
 
ލަންދޫ ގައި މިހާތަނަށް ފުޓްބޯޅައަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވުނު މި ބްލޮގް ( ލަންދޫ ސޮކަރ.ޓީކޭ ) ގެ ފަރާތުން ލަންދޫގެ ފުޓްބޯޅައިގެ ތާރީޙް ދިރާސާ ކުރުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތުން އަޅުގަނޑަށް މިހާތަނަށް ފާހަގަކުރެވުނު އެންމެބޮޑުކަމަކީ އަޅުގަނޑުމެނަށް މީގެކުރިން ފާހަގަކުރެވޭ އަދި ނޭގޭ އެތައްކަމެއް އަޅުގަނޑުމެނަށް އެގިގެން އެބަދެއެވެ.
މިގޮތުން ފުޓްބޯޅައިގެ އެންމެގިނަ ދުވަސްވީ ތާރީޙީ ފޮޓޯހޯދުމަށް ކުރެވުނު މަސައްކަތުން އަޅުގަނޑަށް ފެނިގެން ދިޔައީ ފުޓްބޯޅައަށް ޝައުޤްވެރިކަން ހުންނަ ފަރާތްތަކަކުން ފުޓްބޯޅައިގެ ތާރީޙީ ފޮޓޯ ރައްކާ ކުރައްވާފައިވާ ކަމެވެ.
މީގެ ތެރެއިން އެއްބޭފުޅަކީ އެބޭފުޅެއްގެ މޭސްތިރިކަމުގެ ދަށުން ލަންދޫގެ ތާރީޙްގައި މިހާތަނަށް ބޭއްވުނު އެންމެފޯރިގަދަ ފުޓްބޯޅަ މުބާރާތް ބޭއްވެވުމަށް ނިންމަވާ ވަރަށް ފުރިހަމަ ގޮތެއްގައި އެކަންތައް ކާމިޔާބު ކުރެއްވި ނ.ލަންދޫ އަމާޒް އަލްފާޟިލް ޙަސަން ނަޞީރު އިބުރާހިމް ( ހަސަން ނަޞީރު ) އެވެ.
ރާއްޖެތެރޭގެ އަތޮޅުފުޓްބޯޅަ މުބަރާތުގެ ތެރެއިން ދެވަނަ ފުޓްބޯޅަ މުބާރާތުގެ ތަސްވީރެއް މިއަދުގެ ޖީލްގެ ކުޅުންތެރިންނަށް ފެނިގެން ދާހިދު އެދުވަސްވަރުގެ ފުޓްބޯޅައާއި މިއަދުގެ ފުޓްބޯޅަ އަޅާކިޔާލަން ފުރުޞަތު ލިބިގެންދާނެއެވެ.
ލަންދޫގައި ފުޓްބޯޅައިގެ ރޫޙް އުފައްދާ ފުޓްބޯޅައަށް ރައްޔިތުން އަހުލްވެރި ކުރުވުމުގައި އަލްފާޟިލް ހަސަން ނަޞީރު އިބްރާޙިމް ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މިގޮތުން ލަންދޫގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ހަސަން ނަޞީރު އިބްރާޙިމްވަނީ " އޮފިސް ކަޕް ފުޓްބޯޅަ މުބާރާތް " ނަމުގައި ވަރަށް ފުރިހަމަ ވަރަށް ފޯރިގަދަ ފުޓްބޯޅަ މުބަރާތެއް ބައްވަވާފައެވެ. އަދި ހަމަ އެހެންމެ ނަޞީރުވަނީ އޮފީހުގެ އިސްވެރިއަކަށް ހުންނަވައިގެން އޮފީސްމެދުވެރިކޮށް ވަރަށް ގިނަގުނަ އެހީތަކެއް ފުޓްބޯޅައަށް ހޯއްދަވައި ދެއްވަވާފައެވެ.
އަދި ހަމަ އެހެންމެ އަލްފާޟިލް ހަސަން ނަޞީރު މިހާތަނަށް ފުޓްބޯޅައަށް ކޮށްދެއްވި އަދި ކޮށްދެއްވަވާ އެންމެ ފުރިހަމަ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު މިޤަބޫލްކުރަނީ އެބޭފުޅާ ރައްކާ ކުރައްވަވާފައިވާ ތާރީޙީ ފޮޓޯތަކެވެ.
މިސައިޓްގެ ކިޔުންތެރިންނާއި ބެލުންތެރިންގެ އަރިހަށް ލަންދޫގެ ފުޓްބޯޅަގެ ތަރީޙީ ފޮޓޯތަކެއް ގެނެސް ދިނުމުގައި އެހީތެރިވެދެއްވި ހަސަން ނަޞީރު އިބްރާޙިމް އަށް ވަރަށް އިޙްލާސްތެރި ކަމާއި އެކު ޝްކުރުވެރިވަމެވެ.
މިފަދަ ތާރީޙީ ފޮޓޯ ހުރިނަމަ އެފޮޓޯތައް އަޅުގަނޑާއި ހިއްސާކޮށްދެއްވުމަށް މި ބޮލޮގަށް ޒިޔާރަތް ކުރައްވާ އަދި ފުޓްބޯޅައަށް ޝައުގުވެރިކަން ބަހައްޓަވާ ހުރިހާ ބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް