ސްކޫލް ފުޓްބޯޅަލީގުގެ ދެވަނަ މެޗުން ފަސޭހަ މޮޅަކާއެކު ސިއްތިމާވާއަށް 3 ޕޮއިންޓް
ލިޔުނީ: މިހާސް
ލަންދޫ ސްކޫލްގައި މިހާރުފެށިގެން ކުރިއަށްދާ އިންޓަރ ހައުސް ފުޓްބޯޅަ ލީގުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ދޮށިމޭނާ ހައުސް އާއި ބައްދަލްކޮށް ވަރަށް ފަސޭހަ މޮޅަކާއި އެކު ސިއްތިމާވާ ހައުސްއިން 3 ޕޮއިންޓް ހޯދައިފިއެވެ.
ސްކޫލުން ކަނޑައަޅާފައިވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ޤަވާޢިދަށް ނުފެތިގެން މުޙިއްމު ބައެއްކުޅުންތެރިން ދެ ހައުސްއިންވެސް މި މެޗަށް ސަސްޕެންޑްވެފައި ވުމާއި ގުޅިގެން ދެ ހައުސްއިންވެސް މިއަދުގެ މެޗަށް ނެރެފައިވަނީ ވަރަށް ޅަ ޓީމެކެވެ.
އަހްމަދު ރަޝީދު ލައިބު ރެފްރީކަންކުރި މި މެޗުގައި ސިއްތިމާވާ ހައުސްގެ ކެޕްޓަން ގްރޭޑް – 10 ގެ ދަރިވަރު ހަސަން ނިޝާންވަނީ 4 ގޯލްޖަހާ ފުރަތަމަ ހެޓްރިކް ހެދުމުގެ އިތުރުން މިލީގުގައި މިހާތަނަށް އެންމެގިނަ ގޯލްޖެހިކުޅުންތެރިޔާއަށް ވެސް ވެފައެވެ.
މިއަދު ކުޅެވުނު ސްކޫލް ލީގުގެ މެޗު ނިމިފައިވަނީ 5 ލަންޑު 0 ލަނޑުންނެވެ. ސިއްތިމަވާ ހައުސްގެ އަނެއް ލަނޑު ކާމިޔަބުކޮށްދިނީ ގަރޭޑް- 7 ގެ ދަރިވަރު މުޙައްމަދު ޝާފިޢު އެވެ.
މި މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ހެޓްރިކު ހެދި ސިއްތިމާވާ ހައުސްގެ ހަސަން ނިޝާން އެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ