الخميس، 29 أبريل 2010

މިފަހަރަކީ މޮރީނިއޯގެ ފަހަރެއްބާ !!!؟

ލިޔުނީ : މިހާސް







ދުނިޔެއިން އަޅުގަނޑަށް ފެނުނު މަޝްހޫރު ކޯޗުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކޯޗަކީ ހަމަގައިމުވެސް ޕޮޗުގަލްގެ އެފް.ސީ ޕޯޓޯ އާދައިގެ ޓީމެއްގެ ގޮތުގައި އޮއްވައި ޗެންޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ޕޯޗުގަލްއަށް އުފަން ޖޯސީ މޮރީނިއޯ އެވެ.
މިއަދު އަނެއްކާވެސް މޮރިނިއޯ މިވަނީ މިފަދަ ކަމެއް ކާމިޔަބު ކުރުމުގެ ފުރުޞަތު ހޯދާފައެވެ. މުޅި ދުނިޔެއަށް މަޝްހޫރު ޓީމްތަކެއް ބަލިކޮށް މުބާރާތުން ކަޓުވާލުމަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނަގެ ޓީމް އިޓަލީގެ އިންޓަރ މިލާން ގެންގޮސްދީފައެވެ.
އެންމެފަހުގެ ޗެމްޕިއަން ބަލިކުރުމަށްފަހު ފައިނަލަށް ދިޔަ އިންޓަރމިލާން މިއަހަރުގެ މި މުބަރާތުގެ ޗެމްޕިއަންކަން ހޯދާނެ ކަމައި މެދު ޝައްކުކުރަނީ ވަރަށް މަދުފަރާތަކުންނެވެ.
ފައިނަލްގައި މޮރީނިއޯ ހަނދާ އެއްޗެއް ބަލަން ތިބެމާ ހިގާށެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް