الأربعاء، 28 أبريل 2010

ދުވަހުގެ ތަރި

ލިޔުނީ: މިހާސް



މިފަހަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ދަނޑަށް ކުޅެންދާ ކުޅުންތެރިންގެ ތެރެއިން އެންމެ އަވަސް އެންމެ ބޮޑުކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅުންތެރިއަކީ އިއްޔެވެސް އެންމެ ރަނގަޅުކުޅުމެއް ދައްކާ ދުވަހުގެ " ލަންދޫ ސޮކަރ . ޓީކޭ " ގެ ތަރިއަކަށް ހޮވޭ ޝިނާން ޢަބުދުލް ޤަނީ ( ސިންނޭ ) އެވެ.
ފުޓްބޯޅައި ޢާއިލާއަކަށް އުފަން ޝިންނޭ ފާހަގަ ކުރެވިފައިވަނީ ކޮށްޓުމާއި ނެއްޓުމުގެ ހުނަރު ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ދަނޑުގައި ކުޅެމުންދާއިރު ޝިންނޭގެ އަތުގައި ބޯޅަ ޖެހިއްޖެ ނަމަ އިދިކޮޅު ކުޅުންތެރިއަކު ކަޓުވާލުމަށްފަހުގައި މެނުވީ ޕާހެއްދިނުމަކީ ޝިއްނޭއަށް ވަރަށް ދަތި އުދަގޫ ކަމެކެވެ.
ޝިންނޭ ކުޅެން ފެށި ދުވަސްވަރު މީނާފާހަގަ ކުރެވިފައިވަނީ ދުވެލިމަޑު ފުލަށްބަރު ކުޅުންތެރިއެއްނަމަވެސް މިއަދު ޝިންނޭގެ މަސައްކަތުން މިކަންތައްވަނީ މުޅިން ބަދަލްކޮށްލައިފައެވެ.
ލަންދޫގެ " ކުޅިވަރުގެ ބައްޕަ " ކަމުގައި ގިނަބަޔަކު ޤަބޫލްކުރާ ނ.ލަންދޫ ހުނދުވެލި ޢަބުދުލް ޤަނީ ޢުމަރު ( ގާނާ ) ގެ ދެވަނަ ފިރިހެން ދަރިފުޅު ޝިންނޭގެ ފާހަގަ ކޮށްލެވޭ އަނެއްސިފައަކީ ކޯނަރ ނެގުމާއި ހިލޭ ޖެހުންތައް ފުރިހަމަ ގޮތުގައި ސީދާ ޓާރގެޓަށް ފޮނުވާލުމެވެ.
ދުވަހުގެ ތަރިއަކުން މިއަދު މިބްލޮގުގެ ފަރާތުން މިހުނަރުވެރި ކުޅުންތެރިޔާ މިހޮވަނީ އިއްޔެ ކުޅެވުނު ޕްރެކްޓިސް މެޗްގައި ޓީމަށް ފައިދާ ހޯދައިދީ ޓީމް މޮޅުކޮށްދިނުމަށް ޓީމްގެ ކުރިއަށް ކުޅެމުން ފަހަތައް ފައިބައިގެން އެހެން ކުޅުންތެރިންނަށް މިކަމުން ނަމޫނާ ދައްކުވައިދީފައިވވާތީއެވެ.
ވަރަށް އަވަހަށް ޒަވާޖީ ޙަޔާތެއް ފެށުމަށް ވިސްނަމުން ގެންދާ މިޒުވާން ހުނަރުވެރި ކުޅުންތެރިޔާ އަށް އިތުރު ކުރިއެރުމާއި ކާމިޔާބަށް އަޅުގަނޑު އެދެމެވެ. އަދި ފުޓްބޯޅަގެ ތަރިއަކަށްވުމަށް ހިތްވަރު ދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް