ދުވަހުގެ ތަރި – 03 - 28 – 04 – 2010
ލިޔުނީ : މިހާސް
މިއަދުގެ ތަރިއަކަށް ނުވަތަ މިއަދުގެ ކުޅުމުގައި އެނަމެ މޮލުކުޅުމެއްދައްކައި އަދުގެ މޭން އޮފްދަ މެޗުގެ މަޤާމް މިހޯދާ ކުޅުންތެރިއަކީ ދަނޑުމަތީގައި އެކުޅުންތެރިއެއްގެ " ޗަރުކޭސް " ގެ މަންޒަރުތައް އެންމެ ގިނައިން ފެނިގެންދާ ނ.ލަންދޫ ޝަފަރީގޭ އަލްފާޟިލް މުޙައްމަދު އިރުޝާދު ( ރެޑޭ / ޑްރޮގްބާ ) އެވެ. މިއަދުގެ މޮޅުކުޅުންތެރިއެއްގެ ގޮތުގައި ރެޑޭ މިހޮވަނީ ރެޑޭގެ މަސައްކަތުން 3 ލަންޑު ޖަހާ ހެޓްރިކް ހަނދާފައިވާތީ އާއި މިއަދު ދަނޑުމަތީގައި އެންމެ " ނުފޫޒް " ގަދަ ކަމަށް ފާހަގަ ކުރެވޭ ދެކުޅުންތެރިން ކަމަށްވާ ޖަވާ އާއި ނާއްޕެ ގެ ރުހުން ލިބެފަދަ ކުޅުމެއް ރެޑޭ ދައްކާފައި ވަތީއެވެ.
ރެޑޭ ފާހަގަ ކުރެވިފައިވަނީ ގޯލާ ރައްޓެހި ބޯޅައިގައި ބާރަށް ޖަހާ ޕާސްދިނުމަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިހާރަކަށް އައިސް ލަނދުޖަހަން ކުރިއަށް އަރާގޮތައް ފަހަތައް ނުފޭބި ކަމުގައިވިޔަސް މީގެ ކުރިން ރެޑޭ ފާހަގަ ކުރެވިފައިވަނީ އެޓޭކުގައި ބައިވެރި ވުމަށްފަހު ފަހަތައް ފައިބައިގެން ކުޅޭ ހިތްވަރުކުރާ ހިތްވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ލަންދޫގައި މިހާތަނަށް އެކުވެރިކަމުގެ މެޗެއްގައި ޖެހިކަމަށް ބުނާ އެންމެ ހިތަގައިމު ގޯލް ( ހޮޅުދޫ ޓީމްކޮޅަށް ދެތިންފޫޓް މައްޗަށް ހުައްމައިގެން އަރާ ބޮލުން ޖެހިގޯލް ) ޖަހާފައިވަ ރެޑޭ ފާހަގަ ކުރެވިފައިވަނީ ބޯޅައިގައި ބޮލުން ޖެހުމަށްވެސް އަރާހުރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
ރަށުގެ މަޝްހޫރު މޮޅަތި ކުުޅުންތެރިން ތިއްބައި " ލަންދޫ ސޮކަރ.ޓީކޭ " އިން ހޮވާ ދުވަހު މޮޅުކުޅުންތެރިޔަގެ މަޤަމް ރެޑޭ ހޯދީތީ މި ބްލޮގްގެ ފަރާތުން ރެޑޭއަށް އައްސަރިބަހައި ސާބަސް ރައްދުކުރަމުން މި މިޤާމް ތަކުރާރު ކުރުމަށް ހިތްވަރު ދެމެވެ.
3 ޚިޔާލު:
haada salhiyey dho
30 أبريل 2010 في 1:31 صyeah very nice
30 أبريل 2010 في 1:33 صإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ