ލަންދޫސްކޫލްގެ ފުޓްބޯޅަލީގް 2010 ގެ 3 ވަނަމެޗް އެއްވަރުވެއްޖެ
ލަންދޫސްކޫލްގައި މިއަހަރުކުރިއަށް ގެންދާ ފުޓްބޯޅަ ލީގް 2010 ގައި ސިއްތިމާވާ ހައުސްއާއި، ރެހެންދި ހައުސް ބައްދަލުކުރި މެޗް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މިމެޗްގައި ފުރަތަމަ ލަންޑުޖެހީ ފަހުހާފްގައި ސިއްތިމާވާހައުސްގެ އިބްރާޙީމް އަދީމް އެވެ. އިބްރާހީމް އަދީމްގެ ލަނޑަށްފަހު ދެޓީމްގެ ކުޅުންވެސް އިހުނަށްވުރެ ވަރުގަދަވެ ސިއްތިމާވާ ހައުސްއިންވެސް އެމީހުންގެ މިގޯލްގެ ލީޑް ދިފާއުކުރެވޭތޯ ހުރިހާކުޅުންތެރިންވެސް ވަރަށް ގަދައަޅާމަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އޭގެ 10 ވަރަކަށް މިނިޓްފަހުން ރެހެންދިހައުސްގެ އަހްމަދު ޞަބާޙް ކާމިޔާބުކުރި ގޯލަކާއެކު 1 – 1 ން ސްކޯރ އެއްވަރު ވެގެންދިިޔައެވެ.
މިއަދުގެ މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީވެސް ރެހެންދިހައުސްއަށް ގޯލް ކާމިޔާބުކޮށްދިން އެޓީމް ގެ އަހްމަދު ޞަބާޙްއެވެ. މޮޅުކުޅުންތެރިޔާގެ މަޤާމަށް ސެޓްފިކެޓް ދެއްވީ ލަންދޫސްކޫލްގެ މެތްސް ޓީޗަރ އަލްފާޟިލް އިބްރާޙިމް ފާއިޒު އެވެ.
މިމުބާރާތުގެ މެޗެއް ދެންކުޅެވޭނީ އަންނަ ބުރާސްފަތިދުވަހުއެވެ. މާދަމާ އޮންނާނީ އިންޓަރ ހައުސް 14 ވަނަ ބަށިމުބާރާތުގެ ތިންވަނަ މެޗެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ