ތަޖުރިބާކާރު ކުޅުންތެރިންގެ އަޑު އެހުން ވަރަށް މުޙިއްމު
ލިޔުނީ : މިހާސް
ލަންދޫގެ ފުޓްބޯޅަ ދަނޑުން މިއަދުފެނިގެންދަނީ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ވަރަށް މަދު ކުޅުންތެރިން ކޮޅެކެވެ. މިކުޅުންތެރިންގެ ފުރިހަމަ ބޭނުމާއި ފައިދާ ހޯދުމަށް އަދުގެ ޒުވާންކުޅުންތެރިން މަސައްކަތް ކުރުމަކީ ވަރަށް މުޙިއްމު އަދި ބޭނުންތެރިކަމެކެވެ.
ފުޓްބޯޅަ ކުޅެމުންދާވަގުތު ބޯޅަ ހޯދުމުގައި ކުޅުންތެރިން މޫވް ކުރަންޖެހޭ ތަންތަނާއި ޕާސްދޭނެ ގޮތްތަކާއި އަދި ކުޅުންތެރިން ހުއްޓުވާނެގޮތްތައް ބުނެދޭއިރު އެބުނެދޭ ގޮތްތަކަކީ ރަނގަޅު ގޮތްތަކެއްތޯ ވިސްނާ އެގޮތައް ހަދައިފިނަމަ އެކަންތައްވެގެންދާނީ ޒުވާންކުޅުންތެރިންނަށް ލިބިގެންދާ އިތުރު ކުރި އެރުމެއްކަމަށެވެ.
ތަޖުރިބާ ކާރު ކުޅުންތެރިންގެ ތެރެއިން މިދެންނެވި ސިފަ އިއްޔެ ކުޅެވުނު މެޗުގެ ތެރެއިން ޔޫއްޓޭ އާއި އަޕީގެ ފަރާތުން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. މިފަދަ މަންޒަރުތައް ދެކި އަދުގެ ޒުވާން ކުޅުންތެރިން ޢިބުރަތް ޙާޞިލްކުރާށެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ