ފުޓްބޯޅަ ކުޅޭވޭނީ ވާހަކަ ދައްކައިގެން
ލިޔުނީ : މިހާސް
އަޅުގަނޑުމެންގެ ތެރެއިން ފުޓްބޯޅަ ކުޅެންދާ ކުޅުންތެރިންގެ ތެރެއިން ބައެއްކުޅުންތެރިންނަކީ ދަނޑުމަތީގައި އެއްވެސް ވަރަކަށް ވާހަކަ ދައްކާ ކުޅުންތެރިންނެއް ނޫނެވެ. މިކަމުގެ ސަބަބުން އެފަދަ ކުޅުންތެރިންގެ އަސްލު ކުޅުންފެނިގެނެއް ނުދެއެވެ.
ފުޓްބޯޅަ ދަނޑުމަތީގައި ވާހަކަ ދައްކައިގެން ޓީމްލައްވާ ކުޅުވާނެ ކުޅުންތެރިންނަކީ މިއަދު ލަންދޫގެ ފުޓްބޯޅައަށް އެންމެބޮޑަށް ބޭނުންވެފައިވާ ފަރާތެވެ. ލަންދޫގެ ފުޓްބޯޅައިން އަރަމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން މިފަދަ ލީޑަރެއް ނިކުމެއްޖެނަމަ ލަންދޫގެ ފުޓްބޯޅަ އެންމެފެންވަރުގައި ނެގުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ.
މިއަދު ލަންދޫގެ 1 ނަމްބަރ ޓީމްގެ އެންމެ ސީނިއަރ ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) މިކަމުގައި އިސްނަގައިގެން ތެދުވެއްޖެ ކަމަށްވާނަމަ މިކަންތައް ވެގެންދާނީ ޔޫއްޓޭގެ ފަރާތުން ލަންދޫގެ ފުޓްބޯޅައަށް ކޮށްދެވޭނެ ވަރަށް ބޮޑު އަދި ހަމަ އެހާމެ މުޙިއްމު މަސައްކަތެއް ކަމުގައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ