މަޖީދިއްޔާ ސްކޫލުގައި ޓާފް ދަނޑެއް އަޅައިދީފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމ) އިން މަޖީދިއްޔާ ސްކޫލުގައި ޓާފް ދަނޑެއް އަޅައިދީފި އެވެ.
ފުޓްސަލް ކުޅޭ ދަނޑާ ދާދި އެއް ސައިޒެއްގެ މި ދަނޑު ހުޅުވާފައިވަނީ މަޖީދިއްޔާ އަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު ނަޝީދެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ މިއީ މާލޭގެ ހުރިހާ ސްކޫލެއްގައި ޓާފް ދަނޑު އަޅައިދިނުމަށް އެފްއޭއެމް އިން ފަށާފައިވާ މަޝްރޫއުގެ ފެށުން ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި އޮތީ މާލޭ ސްކޫލްތަކުގެ ތެރެއިން ޖާގަ އޮތް އަދި ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ސްކޫލްތަކުގައި މި ސައިޒުގެ ޓާފް ދަނޑުތަކެއް އަޅައިދިނުމަށް. އެގޮތުން އެ ކަންތައް ފެށުމަށް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން ކުރި ކަމެއް މިއީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އެފްއޭއެމްގެ ބަޖެޓުން ކުރާ ކަމެއް ކަމަށާއި އެކަމަކު ސްކޫލްތަކުން ވެސް ކޮންމެވެސް ހަރަދެއް ކުރަން ޖެހޭ ކަމަށެވެ.
"މިސާލަކަށް ފަސްގަނޑު އެއްވަރުކޮށް ކާނު ހެދުން ސްކޫލުން [ކުރަންޏާ] އެހެން ކަންތައް އެފްއޭއެމް އިން ކުރާނީ. އެގޮތުން އެފްއޭއެމް އިން ކުރާ ހަރަދަކީ އެފްއޭއެމްގެ ސީދާ ބަޖެޓުން ކުރާ ކަމެއް. މަޖީދިއްޔާގައި އަޅާ ދަނޑާ އެކު އަޅުގަނޑުމެން ބަލާނަން މިއީ ކިހާ ހަރަދެއް ދާ ކަމެއްތޯ އާއި އެހެނިހެން ހަރަދުތައް ދާވަރެއް،" އާޒިމް ވިދާޅުވި އެވެ.


0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ