الأربعاء، 14 أبريل 2010

ޝްކުރުވެރިވުން ޙައްޤް މަސައްކަތެއް

ލިޔުނީ : މިހާސް









އަޅުގަނޑުމެންގެ މިރަށަކީ ފުޓްބޯޅައަށް ނުހަނު ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވާހިދު ފުޓްބޯޅަ ކުޅެވޭނެ ގޮތްތައް ރަނގަޅު ގޮތުގައި ތަނަވަސްކޮށްދީ އެކަމުގެ މަގު ފަހިކޮށްދިނުމަކީ އެފެދަ ފަރާތްތަކަށް ހައްޤުވާ ޝްކުރާއި ހެޔޮއެދުން ރައްދު ކުރަން ޖެހޭނެ ކަންތައްތައް ކަމުގައި އަޅުގަނޑު ދެކެމެވެ.
މިގޮތުން ނަގައިގަނެގެން އެއްތަނުން އަނެއްތަނަށް ގެންދެވޭ ފަދަގޮަތަކަށް މެދު ސައިޒްގެ ގޯލެއް ތައްޔާރު ކުރުމުގައި ރަށުގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އިރުޝާދު ( ރެޑޭ ) އާއި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާޢިލް ޝިމާޒް ( ކައްޓި ) އަމިއްލަ ޖީބުން ގިނަފައިސާ ތަކެއް ޚަރަދުކޮށްފައިވާތީ މިދެކުޅުންތެރިންނަށާއި މިގޯލް ހެދުމުގައި " ލިޔެސް " ޖަމްޢިއްޔާއިން ދަގަޑު ހޮޅި ދީފައިވާތީ " ލިޔެސް " ޖަމްޢިއްޔާއަށް ފުޓްބޯޅަ ކުޅުންތެރިންގެ ފަރާތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޙްލާސްތެރި ކަމާއި އެކު ޝްކުރު ދަންނަވަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް