ޗެލްސީ އާއި ބާސާ ލީގުހޯދުމުގެ ރޭހުގެ އެންމެ ކުރީގައި
ލިޔުނީ : މިހާސް
ދުނިޔޭގެ އެންމެ މަޝްހޫރު ދެ ލީގު ކަމުގައިވާ އިންގްލިސް ޕްރެމިއަރ ލީގާއި ސްޕއެިންގެ ސްޕެނިޝް ލަލީގާ އަމިއްލަބަރާއި އެކު ހޯދުމުގެ ފުރުޞަތު އިގިރޭސި ވިލާތުން ޗެލްސީ އާއި ސްޕެއިނުން ބާސަލޯނާ ހޯދާއި ލީގު ތަށި އުފުލާލުމުގެ މަގު ތަނަވަސްކޮށްފިއެވެ.
ޕްރެމިއަރ ލީގުގައި ޗެލްސީ މެޗާއި ހިސާބަށް ޓޭބަލްގެ ކުރި ހިފަހައްޓަމުންއައި މެންޗެސްޓާރގެ ޕްލޭމެކަރ ރޫނީއަށް އަނިޔާވުމާއި ގުޅިގެން ލީގުގެ ފަހުކޮޅު އެޓީމަށްވަނީ ފޯމްގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ފައިދާނަގަ ޗެލްސީ އިން އަންނަނީ އެޓީމްގެ ލީޑް ފުނާކުރަމުންނެވެ. މިހެންކަމާއިއެކު މިއަހަރުގެ ޕްރެމިއަރ ލީގް ތަށި އުފުލާލުން އެންމެގާތީ ޗެލްސީއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ލީގް ކަމުގައިވާ ސްޕެއިންގެ ސްޕެނިޝް ލަލީގާގެ ލީގް ހޯދުމުގެ ރޭހުގެ އެންމެކުރީގައި މިހާރު އުޅެނީ ވޭތުވެދިޔަ އަހަރުގެ މިލީގުގެ ޗެމްޕިއަން އަދި ވޭތުވެދިޔަ އަހަރުގެ ޔޫރަޕް ކުލަބު މުބާރާތުގެވެސް ޗެމްޕިއަން ބާސަލޯނާއެވެ. ބާސާއާއި އެކު މި ލީގު ހޯދުމުގައި ވިއްދަފައި އޮތީ ދުނިޔޭގެ ތަރިންގެ ޓީމްގެ ނަމުން މަޝްހޫރުވެފައިވާ ރިއަލް މެޑްރިޑެވެ. މިލީގުގައިވެސް ދުނިޔޭގެ އެއްނަމްބަރ ކުޅުންތެރިޔާ އާޖަންޓީނާގެ ތަރި މެސީ ވަރަށް ރަނގަޅުފޯމެއްގައި ހުރުމާއި އެކު މި ލީގު މިއަހަރުވެސް ހޯދުން އެންމެގާތީ ބާސަލޯނާއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ