الخميس، 15 أبريل 2010

ހަމަހަމަ ގޮތުގައި ބައިބެހުން ވަރަށް މުޙިއްމު

ލިޔުނީ : މިހާސް
ފުޓްބޯޅަ ކުޅުމުގައި ބައިބަހާއިރު ހަމަހަމަ ގޮތެއްގައި ބައިބެހުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއަދު އަޅުގަނޑުމެން ކުޅެންދާއިރު މިކަމުގެ މުޙިއްމުކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ.
ފުޓްބޯޅަ ކުޅުމުގައި ވާދަވެރި ރޫޙެއްގައި ފޯރީގައި ފުޓްބޯޅަ ކުޅެލެވެނީ ދެޓީމަށް ހަމަހަމަ ގޮތެއްގައި ކުޅުންތެރިންތައް ބަހާލެވިގެންނެވެ.ދަނޑުމަތީގައި ކުޅެމުންދާއިރު މިކަންތައް ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ. ރަނގަޅަށް ހަމައަށް ބައިބެހިފައިވާ ދުވަސްދުވަހު ވަރަށް ރަނގަޅަށް ކުޅެވޭތަން އާދެއެވެ.
މިއާއި ޚީލާފަށް ހަމަހަމަ ނޫން ގޮތަކަށް ބައިބެހިއްޖެ ދުވަހެއްގައި ފޫހިކަމާއި ސަކަރާތް ޖެހުމައި " ބައިހަލާސް " ކުރާ ކުޅުންތެރިން ގިނައިން ފެނިގެން ދެއެވެ.
ހަމަހަމައަށް ބައިބެހުމަށް އެންމެ އިސްކަންދޭ ކުޅުންތެރިއެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ އެއް ކުޅުންތެރިއަކީ ރަށުގެ އެންމެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ.
ޔޫއްޓޭ މިގޮތައް ބައި ބެހުމަށް ސަމާލްކަންދޭއިރު އަރަމުން އަންނަ ޒުވާންބައެއް ކުޅުންތެރިން މިގޮތައް ސަމާލްކަން ނުދީ ކޮންމެ ގޮތެއްހަދާފަނަމަވެސް މޮޅުވުމަށް ބައިބެހުމަށް ސަމާލްކަންދޭ ތަންވެސް މަދުންނަމަވެސް ފެނެއެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި ބައިބެހުމުގައި ދެޓީމަށް ހަމަހަމަ ގޮތަކަށް ބައިބެހުމަކީ ހުރިހާ ގޮތަކުންވެސް ކުޅެންދާ ކުޅުންތެރިންނަށް ލާބައާއި މަންފާ އިތުރުވެގެން ދާނެ ކަމެކެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް