ހިތްދަތި ގޮތަކަށް މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި
ލިޔުނީ : މިހާސް
މިއަހަރުގެ ޗެމްޕިއަންސްލީގުގެ ފައިނަލަށް ނުގޮސް ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބު ކަމުގައިވާ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ހިތްދަތި ގޮތަކަށް ކަޓައިފިއެވެ.މެން ޔޫ މި މުބާރާތުން ކަޓައިގެން ދިޔައީ ކްއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބެޔާން މިއުނިކް އާއި އެކު ރޭ މެން ޔޫ ދަނޑުގައި ކުޅެވުނު މެޗު 3 ލަނޑު 2 ލަނޑުން މެންޔޫ މޮޅުވި ނަމަވެސް ފުރަތަމަ ލެގުގައި މިދެޓީމް ބައްދަލްކުރި މެޗު ބަޔާންގެ ދަނޑުގައި 2 ލަނޑު 1 ލަނޑުން ބަޔާން ކާމިޔާބު ކޮށްފައިވާތީ ( 4-4 ލަނޑު އެގްރިގޭޓެއް އައުމުން ) ހޯމްއަވޭ ގޯލަށް ބަލައިގެން 5 ލަނޑު 4 ލަނޑުން ބަޔާން އަށް ކުރިއެރުން ލިބޭތީއެވެ.
ރޭގެ މެޗުތަކުގައި ނަތީޖާތައް ނިކުތްގޮތުން މި މަހުގެ 20 ވަނަ ދުވަހު އޮންނަ މި މުބާރާތުގެ ސެމީގެ ފުރަތަމަ ލެގުގައި ބައްދަލް ކުރާނީ ސްޕޭއިންގެ ބާސަލޯނާ އާއި އިޓަލީގެ އިންޓަމިލާން އެވެ. އަނެއް މެޗުގައި ބައްދަލް ކުރާނީ ޖަރުމަނުގެ ބެޔާން މިޔުނިކް އާއި ފްރާންސްގެ ލިޔޯން އެވެ.
މިހާރު ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މި މުބާރާތުގެ ފައިނަލްގައި ބައްދަލްކުރާނީ އެންމެފަހުގެ ޗެމްޕިއަން ބާސާ އާއި ބެޔާން މިޔުނިކް އެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ