الاثنين، 5 أبريل 2010

ލަންދޫ ސޮކާރ . ޓީކޭ - އަށް މަރުޙަބާ !!؟






ލިޔުނީ : އެޑްމިން

މިއީ އަޅުގަނޑު ވަރަށް ކުޑައިރުން ފެށިގެން އުއްމީދުކުރަމުން އައި ދުވަހެއްގެ ފެށުމެވެ. އަޅުގަނޑުމެންގެ ރަށުގެ މަޢުލޫމާތުތަކެއް ހޯދާ ދިރާސާކޮށް އަންނަން އޮތްޖީލްތަކަށް ރައްކަތެރި ކޮށްދެވޭތޯ ބެލުމަކީ އަޅުގަނޑު ނުހަނު ބޭނުންވި އަދި ކުރާހިތުންހުރި ކަމެކެވެ.
މިގޮތުން މި ބުލޮގް މެދުވެރިކޮށް ރަށުގެ ޒުވާނުން އެންމެ ޝައުޤުވެރިކަމެއް ބަހައްޓަމުން އަންނަ ކުޅިވަރުން ތާޒާ މަޢުލޫމާތުތައް ގެނެސް ދިނުމުގެ އިތުރުން ރަށުން މިކުޅިވަރާއި ގުޅޭގޮތުން ހޯދެންހުރި ތާރީޙީ ހޯދުންތައް ހޯދާ ދިރާސާކޮށް މި ބްލޮގް ގެ އަޙްލުވެރިންނާއި ހިސާބަށް ގެނެސް ދެވޭތޯ އަޅުގަނޑު ބަލާނަމެވެ.
މިކަމުގައި ތިޔަ އެންމެހާ ފަރާތްތަކުގެ މެދަދަށާއި އެހީތެރިކަމަށް އަޅުގަނޑު ގޮވާލަމެވެ. އަދި މިކަމުގައި ތިޔަ އެންމެހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ލިބޭނެކަމަށް އުއްމީދުކުރަމެވެ.
މި ބްލޮގް މެދުވެރިކަޮށް ރަށުގައި ކުޅެވޭ އަދި ހިންގޭ ފުޓްބޯޅައިގެ ހަބަރާއި މަޢުލުމާތު ދެފުށްފެންނަ ފަދަ ގޮތަކަށް ގެނެސް ދީ މިވާހަކަތައް ތާރީޙަށް ޓަކައި ރައްކާތެރި ކުރުމަކީ އަޅުގަނޑު މިބްލޮގް ހެދުމުގެ އެންމެ ބޮޑު ބޭނުމެވެ. އަދި މަޤްޞަދުވެސް މެއެވެ.
މާތްﷲ ގެ ވާގިފުޅާއި އެކު މި ބްލޮގް ވެގެންދާނީ ސިޔާސީ ފިކުރުތަކުން އެއްކިބާވެފައިވާ ހަމަ ހަމަ ކަމާއި ، އިންސާފްވެރި ކަމާއި ތެދުވެރިކަމާއި އެކު ރަށުގައި ( ނ.ލަންދޫގައި ) ހިންގޭ ފުޓްބޯޅައިގެ ޙަރަކާތްތަކަށް އިސްކަން ދެވިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފުޓްބޯޅައިގެ ޚަބަރުތަކާއި މަޢުލޫމާތުތައް ގެނެސް ދެވޭ ބްލޮގަކަށެވެ.
ފުޓްބޯޅައިގެ ރޮގުން ޚާއްޞަކޮށް ލަންދޫގެ ފުޓްބޯޅައިން މި ބްލޮގަށް ލިބޭ ލިޔުންތަކަށް މި ބްލޮގުން އަބަދުވެސް މަރުޙަބާ ކިޔާނެ ވާހަކަ މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ.
މި ބްލޮގަށް ފާޑުވިދާޅުވުމުގައި ޒާތީ ތަޢައްސަބުން އެއްކިބާވެ ބިނާކުރުވަނިވި ގޮތަކަށް ވިދާޅުވާ ކޮންމެ ފާޑުކިއުއްވުމަކަށް އަދި ފާޅުކުރައްވާ ކޮންމެޚިޔާލަކަށް މަރުޙަބާ ކިޔާނެވާހަކަ އުފަލާއެކު ފާހަގަ ކޮށްލަމެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް