ދުވަހުގެ ތަރި – 04 ( 30 – 04 – 2010
ލިޔުނީ : މިހާސް
މިއަދުގެ ތަރިއެއްގެ ގޮތުގައި ނުވަތަ މިއަދުގެ މޭން އޮފްދަ މެޗުގެ ގޮތުގައި މިހޮވަނީ މިއަދު ލަންދޫގެ ފުޓްބޯޅަ ދަނޑުގައި އެންމެ ނުފޫޒްގަދަ ކަމަށް ފާހަގަ ކުރެވޭ އަދި މިހާރު އެންމެ ހުނަރުވެރިކަމަށް ޤަބޫލްކުރެވޭ އެއްކުޅުންތެރިޔާ ކަމަށްވާ ހުސެއިން ޖަވާދު ( ޖަވާ ) އެވެ.
މިއަދުގެ މޭން އޮފްދަ މެޗަކަށް ޖަވާ މިހޮވަނީ ޖަވާގެ ޓީމް މޮޅުކޮށްދިނުމަށް ޓަކައި ޖަވާ ކުރި މަސައްކަތާއި ހިތްވަރަށް ބެލުމަށް ފަހުގައެވެ. އަދި ހަމަ އެހެންމެ މިއަދުގެ މެޗުގައި ޖަވާ ދެގޯލް ޖަހާ ގޯލް ޖެހުމަށް އެހެން ކުޅުންތެރިންނަށް މަގުތަނަވަސް ކޮށްދީފައިވާތީއެވެ. އަދި ހަމަ އެހެންމެ މިއަދުގެ މެޗުގައި ކޮށްޓުމަށް އާދަވެފައިވާ ޖަވާ މިކަން އެއްކިބާ ކޮށްލުމަށްފަހު ޓީމްގެ ކުޅުންތެރިންނަށް ބޯޅަ ދީގެން ކުޅުމަށް އިސްކަންދީފައިވާތީއެވެ.
ޖަވާ ފާހަގަ ކުރެވިފައިވަނީ ބޯޅަ މަތީގައި ފައި ބައިންދާލުމަށްފަހު ފަރިގޮތަކަށް ފަހަތައް ބޯޅަ ދަމާލައި ފަސޭހަ ކަމާއި ޗާލްކަމާޢި އެކު ކުޅުންތެރިންނާއި ބީޓްކޮށްލާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިއަދުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ޖަވާ ހޮވުމާއި ގުޅިގެން މި ބްލޮގުގެ ފަރާތުން މަރުޙަބާ ކިޔާ މިކަން ތަކުރާރުކުރުމަށް ހިތްވަރު ދެމެވެ.

1 ޚިޔާލު:
SAABAS JAVAAA LANDHOO INFO AWARD DHO
30 أبريل 2010 في 2:50 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ