الجمعة، 30 أبريل 2010

އެކުވެރި ކަމުގެ 4 ވަނަ މެޗުގައި މިލަދޫ ޓީމާއި ލަންދޫ ޓީމް ބައްދަލްކުރަނީ

ލިޔުނީ : މިހާސް


ލަންދޫގެ ފުޓްބޯޅަ ޓީމް މިއަހަރު ކުޅޭ އެކުވެރި ކަމުގެ 4 ވަނަ ފުޓްބޯޅަ މެޗުގައި މިލަދޫ ޓީމާއި މާދަމާ ހަވީރު ބައްދަލްކުރުމަށް ހަމަޖެހިއްޖެއެވެ.
ލަންދޫގައި ފުޓްބޯޅައަށް ޚާއްޞަ ކުރެވިގެން ފަރުމާކުރެވިގެން ކުރިއަށް ގެންދެވޭ މިބްލޮގް " ލަންދޫ ސޮކަރ . ޓީކޭ " ( landhoosoccer.tk ) ރަސްމީކޮށް ލޯންޗުކުރުމަށް ކުޅެވޭ މި މެޗުގައި ލަންދޫ ޓީމުން ނެރޭނެ ކަމަށް ބެލެވެނީ އަރަމުން އަންނަ ޒުވާންކުޅުންތެރިިންނެވެ.
ލަންދޫ އާއި މިލަދޫ އަކީ ނ.އަތޮޅުގެ ފުޓްބޯޅައިގެ ބޮޑު ދެބާރުން ކަމަށް ވާއިރު މާދަމާގެ މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ރީތި ކުޅުމެއް ފެނިގެން ދާނެމެޗަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ.
މިހާތަނަށް ލަންދޫގެ ދަނޑުގައި އެންމެ މޮޅު އެންމެ ރީތި ކުޅުމެއް ދައްކާފައިވަނީވެސް މިލަދޫގެ ޓީމުންނެވެ . ހަމަ މިއާއި އެކު ލަންދޫ ޓީމަށް އެޓީމެއް ބަލިކުރުމަށް އެންމެ އުދަގޫ ޓީމަކީވެސް މިލަދޫގެ ހުނަރުވެރި ފުޓްބޯޅަ ޓީމެވެ.
އިރާދަ ކުރެއްވިއްޔާ މާދަމާ ކުޅެވޭ މި މެޗުގެ މަޢުލޫމާތުތައްވެސް ތާޒާކަން މަތީ ވީހާވެސް ތަފްޞީލެއްކޮން ގެނެސް ދެވޭތޯ ބަލާނަމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް